ޖޯލި ބީއިންގ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ޖޯލި ބީއިންގ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..
ކުޅިވަރު 30 Aug 2025 | 08:53

އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ތަށި ޖޯލި ބީންގ އިން ދިފާއުކޮށްފި

ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ އާއި ކުޑަފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-0 ގެ ނަތީޖާއަކުން މޮޅުވެ ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފައިނަލުން ކުޑަފުށި ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އާރަށް ބަލިކުރުމަށް ފަހުއެވެ. އަދި ޖޯލި ބީއިން މުބާރާތުގެ ފައިނަލުން ޖާގަހޯދީ  ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކޯރާ ކޯރާ މޯލްޑިވްސް ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ ފައިނަލް މެޗުގެ ސެޓުތައް ޖޯލި ބީއިންގ ކާމިޔާބުކުރީ 22-25، 21-25 އަދި 23-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި ބީއިންގެ

މި މުބާރާތުގެ ޑްރީމްޓީމު ހިމެނުނު ކުޅުންތެރިންނަކީ ބެސްޓް އައުޓްސައިޑް ހިޓާ ޝެހާން (ޖޯލި ބީއިންގ)، ބެސްޓް އައުޓްސައިޑް ހިޓާ ގަޔާން (ކުޑަފުށި)، ބެސްޓް މިޑްލް ބްލޮކަރ ލަހިރު (ޖޯލި ބީއިންގ)، ބެސްޓް މިޑްލް ބްލޮކަރ އަސްލަމް (ޖޯލި ބީއިންގ)، ބެސްޓް ސެޓަރ މަހޭޝް (ޖޯލި ބީއިންގ) އަދި ބެސްޓް އޮޕޮޒިޓް ޕްލޭޔަރ އަކީ ދިމިތު (ކުޑަފުށި) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ކޯރާ ކޯރާ މޯލްޑިވްސްގެ ހާއްޕެ އެވެ. ބެސްޓް ސަޕޯޓާސް ޓީމުގެ އިތުރުން ފެއާރ ޕްލޭ ޓީމަކަށް ވެސް ހޮވުނީ ކުޑަފުއްޓެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އާށުގެ އަސްފާން އެވެ. އެންމެ މޮޅު ކޯޗަކީ ޖޯލި ބީއިންގެ ކޯޗު ޝަރަފް އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީއިންގެ ޝެހާން އެވެ.

15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވަނީ ސެމީ ފައިނަލުން ފުރުސަތު ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.