އާރަށާއި ކުޑަފުށި ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
އާރަށާއި ކުޑަފުށި ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ކުޅިވަރު 18 Aug 2024 | 19:06

ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އާރަށް ބަލިކޮށް ކުޑަފުށިން ތިންވަނަ ހޯދައިފި

ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ތިންވަނަ ހޮވާ މެޗުގައި ފަސޭހަކަމާއެކު ސިދާ ތިން ސެޓުން އާރަށް ބަލިކޮށް ކުޑަފުށިން މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުފައި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އަތުން ސީދާ ތިން ސެޓުން އާރަށްބަލިވިއިރު، ސެމީފައިނަލް ދެވަނަ މެޗުގައި ޖޯލި މޯލްޑިވްސް އަތުން އެންމެ ފަހުގެ ރަނަރަޕް ކުޑަފުށި ބަލިވީވެސް ސީދާ ތިން ސެޓުންނެވެ.

މުޅި މެޗުގައި ވެސް ކުޑަފުށިގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގެ ފުރަތަމަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ކުޑަފުށިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި އެޓީމުން ވަނީ ފަރަގު އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން މިސެޓް އެޓީމުން ކާމިޔާބުކުރީ 13 ޕޮއިންޓްގެ ފަރަގަކާއެކު 12-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި އާރަށުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި މިސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ކުޑަފުށިން ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުބްތެރިއަކަށް ހޮވުނީ ކުޑަފުށީގެ ރޯޝަން އުދަޔަންގާ އެވެ.

މި މުބާރާތަކީ މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށް، މި އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ސެމީ ފައިނަލަށް ހޮވުނުއިރު، މުބާރާތުގެ ފައިނަލުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 21:00 ގައި ޖޯލި މޯލްޑިވްސް ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއި ދެކޮޅަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް މައިލޯ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.