ފުޓްސަލް ޗެލެންޖުގެ ގުރުނެގުން ބާއްވަނީ
ފުޓްސަލް ޗެލެންޖުގެ ގުރުނެގުން ބާއްވަނީ
ކުޅިވަރު 23 May 2026 | 07:48

ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖްގެ ގުރުނެގުން ބާއްވައިފި؛ މުބާރާތުގައި 8 ޓީމެއް ވާދަކުރާނެ

ދ. ކުޑަހުވަދޫގައި ބޮޑުޢީދާ ދިމާކޮށް ބްރަދާސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ "ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖް 1447" ގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ކުޑަހުވަދޫގައި ބޮޑުޢީދާ ދިމާކޮށް މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

މި މުބާރާތުގައި މިއަހަރު ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ:

މައިދާން ސްޕޯޓްސް ކުލަބް (މިދިޔަ އަހަރުގެ ޗެމްޕިއަން)

ރުއްދަށް ސްޕޯޓްސް ކުލަބް

ޔުނައިޓެޑު ރޯޔަލްސް

ރޯޔަސް ސިޓީ

ޑްރީމް އެފްސީ

ގުޅުން ކަންމަތި އެސްސީ

އައްކަން އެސްސީ

އައްސޭރި އެއްސީ

ކުޑަހުވަދޫ ކައުސިލްގެ ސެމިނަރ ރޫމް ގައި ކުރިޔަށް ގެންދިޔަ މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމެވެ.

މި މުބާރާތުގެ ގުރުނެގުމުގެ ހަފުލާގައި ވާހަކަދައްކަވަމުން، މުބާރާތް އިންތިޒާމްކުރާ ބްރަދާސް އެކަޑަމީގެ ޗެއަރ އަލްފާޟިލް އިސްމާޢީލް ޢާދިލް ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ ކުޑަހުވަދޫގެ ފުޓްސަލްއަށް އިތުރު ކުރިއެރުން ހޯދައިދީ، ރަށުގެ ކުޅިވަރުގެ ފެންވަރު މަތިކުރުން ކަމަށެވެ.

މީގެ އިތުރުން، ހުރިހާ ޓީމުތަކަކުންވެސް ކުޅިވަރުގެ ރޫޙާ އެއްގޮތަށް، އެކުވެރިކަމާއެކު މުބާރާތުގައި ވާދަކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި 27 ވާ ބުދަ ދުވަހުގެ ރޭ 21:30 ގައެވެ. ބޮޑުޢީދުގެ ފޯރިއާއެކު ބާއްވާ މި މުބާރާތަކީ ކުޑަހުވަދޫގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުން އަންނަ މުބާރާތެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.