ވިލިމާލެ ޔުނައިޓެޑުގެ 12 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިން...ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ވިލިމާލެ ޔުނައިޓެޑުގެ 12 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިން...ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކުޅިވަރު 24 Jun 2025 | 10:12

"10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލް"ގެ 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ޓީމުގައި އޭމްޖީ ސްޕޯޓްސް ސެކަޑަމީގެ ތިން ކުޅުންތެރިން

ސްރީ ލަންކާގެ ކިކާޒް އެކެޑެމީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 10 ވަނަ ކިކާޒް ފުޓްބޯލް ކާނިވަލްގައި ވާދަކޮށް 12 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދި ވިލިމާލެ ޔުނައިޓެޑުގެ ޓީމުގައި އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިޔަކު ހިމެނިއްޖެއެވެ.

މި މަހުގެ 21 އިން 22 އަށް ކުރިއަށްގެންދިޔަ މިމުބާރާތުގައި ވާދަކުރި ވިލިމާލޭ ޔުނައިޓެޑުގެ ޓީމުގައި ހިމެނުނު އެމްޖީ ސްޕޯޓްސް އެކަޑަމީގެ ތިން ކުޅުންތެރިންނަކީ ކައިޝް އަނިލް އާދަމް، އަޙްމަދު ޝަމަލް ސާލިމް އަދި އާކިން ސާޖިދު ސަމީރު އެވެ.

ވިލިމާލެ ޔުނައިޓެޑުގެ 12 އަހަރުން ދަށުގެ ޓީމު.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުަލބް

މި މުބާރާތަކީ ބައިނަލްއަގުވާމީ ޓީމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ޖުމްލަ ހަތަރު އުމުރުފުރާއަކުން މި މުބާރާތުގައި ވާދަކޮށްފަވާއިރު ރާއްޖޭގެ ވިލިމާލެ ޔުނައިޓެޑުން މުބާރާތުގައި ވާދަކޮށްފައިވަނީ 14 އަހަރުން ދަށުގެ އުމުރުފުރާ އާއި 12 އަހަރުން ދަށުގެ އުމުރުފުރާގައެވެ. އަދި ދެ އުމުރުފުރައިން ވެސް އެޓީމު ވަނީ ޗެންޕިއަންކަން ހޯދާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުތައް މިމަހުގެ 22 ވަނަ ދުވަހު ކުޅެފަވާއިރު، 14 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެންޕިއަންކަން ވިލިމާލެ ޔުނައިޓެޑުން ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންހިލްސް އެފްސީ ބަލިކުރުމަށްފަހު އެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލިމާލެ ޓީމުގެ މުޙައްމަދު އާކިލް ޔަމީންއެވެ.

ގޭޓްވޭ ވަންއާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު

މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ ޗެންޕިއަންކަން ވިލިމާލެ ޔުނައިޓެޑުން ހޯދީ ގޭޓްވޭ ވަންއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވިލިމާލެ ޔުނައިޓެޑުގެ އަޙްމަދު ޔުމާން އަމީންއެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން 15 އެކަޑަމީއަކުން 56 ޓީމު ވާދަކޮށްފައިވާއިރު މިއީ ބައިނަލްއަގުވާމީ ޓީމުތަކަށް ހުޅުވާލައިގެން މިމުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.