މުބާރާތުގައި ވާދަކުރި ނައިފަރު ބެޑްމިންޓަން ޓީމު
މުބާރާތުގައި ވާދަކުރި ނައިފަރު ބެޑްމިންޓަން ޓީމު
ކުޅިވަރު 04 Oct 2024 | 09:15

ތާޒާ އައްޑޫ ޖޫނިއަރ ޗެންޕިއަންޝިޕް 2024 ގައި ނައިފަރު ޓީމަށް ބޮޑު ކާމިޔާބެއް

"ތާޒަ އައްޑޫ ޖޫނިއަރ އޯޕަން ބެޑްމިންޓަން ޗެންޕިއަންޝިޕް 2024" ގައި ވާދަކުރި ނައިފަރު ބެޑްމިންޓަން ޓީމުން ގިނަ ރަންވަނަތަކެއް ހޯދައިފިއެވެ.

29 ސެޕްޓެންބަރު 2024 އިން 03 އޮކްޓޯބަރު 2024 ގެ ނިޔަލަށް އައްޑޫ ސިޓީގައި މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު ޅ. ނައިފަރުގެ އިތުރުން ނ.ހޮޅުދޫ، ބ. އޭދަފުށި އަދި މާލޭ ސިޓީ އިން ވަނީ ޓީމުތައް ބައިވެރިވެފައެވެ.

ނައިފަރު ޓީމުގެ ފަރާތުން ރަޝްވާން އަހުމަދު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިން ގޮތުގައި މިމުބާރާތުގައި ވާދަކުރި ނައިފަރު ޓީމުގައި 24 ކުޅުންތެރިން ހިމެނުނުއިރު، އޭގެތެރޭގައި ހިމެނެނީ 16 ފިރިހެން ކުޅުންތެރިންނާއި އަށް އަންހެން ކުޅުންތެރިންނެވެ. އަދި 10، 13، 15 އަދި 18 އަހަރުން ދަށުގެ ސިންގަލް އަދި ޑަބަލްސް އިވެންޓުގައި މިކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.

އެގޮތުން 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު އައިނީ އަޝްރަފް ހޯދިއިރު، ސާރާ ޖަލާލް ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ދެވަނަ ހޯދާފައެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާމިނަތު އައިނީ (އަޝްރަފް / ސާރާ ޖަލާލް) އެވެ.

މީގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ނާޝިތު ހަމްދީ ހޯދިއިރު، ދެވަނަ ހޯދީ މުހައްމަދު ޔާޒިން ޔާސިރު އެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ (އިބްރާހިމް ނާޝިތު ހަމްދީ/ ހުސައިން މިސްކް މުހައްމަދު) އެވެ.

18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ދެވަނަ އާމިނަތު ނައުރާ ޝަރުވަތު ހޯދިއިރު، 18 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝިފާއު އެވެ. އަދި މިއިވެންޓްގެ ދެވަނަ ހޯދީ އަޙްމަދު ޔުސްރޫ އެވެ.

މީގެ އިތުރުން 18 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން (އަހުމަދު ޔުސްރު/މުހައްމަދު ޝިފާއު) ހޯދިއިރު، 18 އަހަރުން ދަށުގެ އަންހެން ޑަބަލް ޗެމްޕިއަން ހޯދީ (އާމިނަތު ނައުރާ ޝަރުވަތު/މަރިޔަމް ރައުމް ތާހާ) އެވެ. އަދި މިކްސް ޑަބަލްސް 15 އަހަރުން ދަށުގެ ޗެމްޕިއަންކަން (އިބްރާހިމް ނާޝިތު ހަމްދީ/ އާމިނަތު އައިނީ އަޝްރަފް) ހޯދިއިރު މިކްސް ޑަބަލްސް 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ އެޓީމުގެ (މުހައްމަދު ޝިފާއު އާއި ސާރާ ޖަލާލް) އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި
20 Oct 2026 ހަބަރު

ޑިންގީއެއްގައި ނައިފަރަށް މަސްތުވާތަކެތި ގެންދަން އުޅެނިކޮށް ކަނޑުމަތިން ހައްޔަރުކޮށްފި

ކ. އޮޅަހަލި ކައިރިން ޑިންގީއެއްގައި 226 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނި، ނައިފަރުގެ 36 އަހަރުގެ މީހަކު ހައްޔަރުކޮށް، 13 ދުވަހަށް ބަންދުކޮށްފިއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.