މިއަދު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް ނިކުންނަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިއަދު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ޗައިނާ އާ ދެކޮޅަށް ނިކުންނާނެއެވެ.
ޗައިނާގެ ޗޮންކިންގައި މިއަދު މެންދުރުފަހު މިމެޗް ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:35 ގައެވެ. ރާއްޖެ ޗައިނާ އާ ދެކޮޅަށް ނިކުންނައިރު ރައްޖެ މިހާތަނަށް އެޤައުމާ ކުޅެ މޮޅޫވެފައެއް ނެތެވެ.
ނަމަވެސް 2001 ވަނަ އަހަރު ގަލޮޅު ދަނޑުގައި ޗައިނާ އާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއިން ރާއްޖެ ބަލިވި މެޗަކީ މިހާތަނަސް އެޤައުމާ ދެކޮޅަށް ކުޅެ ނެރުނު އެންމެ ރަނަގޅު ނަތީޖާއެވެ. ރާއްޖެ ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗްތަކުން މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ބަލިވީ ހަމަ އެއަހަރު އެޤައުމުގައި ކުޅުނު މެޗުންނެވެ. އެމެޗުން ރާއްޖެ ބަލިވީ 10-1 ގެ ނަތީޖާއިންނެވެ. އެ މެޗްގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުރައަށް ނިސްބަތްވާ އިސްމާއީލް ނަސީމް (ކޭޑީ) އެވެ.
ފީފާ ރޭންކިންގައި ޗައިނާ 91 ވަނާގައި އުޅޭއިރު، ރާއްޖެ އުޅެނީ 173 ވަނާގައެވެ.
ޗައިނާއަށް ފަހު ރަހުމަތްތެރިކަމުގެ މެޗެއްގައި ރާއްޖެ ދެން ނިކުންނާނީ ކިރިގިސްތާން އަދި ލުބުނާނާ ދެކޮޅަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް