ފަނިގިރުމަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި.. ފޮޓޯ: ވޮއިސް
ފަނިގިރުމަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތި.. ފޮޓޯ: ވޮއިސް
ރިޕޯޓް 18 Feb 2026 | 11:33

ބާޒާރުގައި އެންމެ އަގުބޮޑީ ފަނިގިރުމަށް ބޭނުންކުރާ ތަކެތި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އަޅުކަމުގެ މައްސަރެއް ނަމަވެސް ރޯދަމަސް ފާހަގަކުރެވެނީ، މުޅި އަހަރުގެ ތެރޭގައިވެސް ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތަކަށް އެންމެ ބޮޑު ބަދަލެއް އަންނަ މަހެއްގެ ގޮތުގައެވެ. ދުވާލު އެއްކޮށް ކެއިން ބުއިމާ ދުރުހެލިވެގެން ތިބިނަމަވެސް ރޯދަމަސް ފާހަގަކުރެވެނީ މާލޭ ބާޒާރުގައި ކާބޯތަކެތީގެ ޑިމާންޑު އެންމެ މައްޗަށްދާ މަހުގެ ގޮތުގައެވެ. ރޯދަމަހު ކާބޯތަކެއްޗަށް އޮންނަ ބޮޑު ޑިމާންޑާއެކު ބާޒާރުގައި އެތަކެތީގެ އަގުތައްވެސް އުފުލިގެން ދެއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުގެ އަގުތަކަށް ބަލާއިރު، އަގުތައް އެންމެ މައްޗަށް ގޮސްފައިވަނީ ފަނިގިރުމަށް ބޭނުންކުރާ ތަކެއްޗެވެ. ރޯދަމަސް ފެށެން ހަފްތާއަކަށް ވީއިރު، ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ކަރާކިލޯއެއްގެ އަގު 20 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގެއްގައި ހުރިއިރު، އިންޑިއާ ކަރާ ކިލޯއެއް އެންމެ ބޮޑުވެގެންވެސް 15 ރުފިޔާއަށް ލިބެންހުއްޓެވެ. އަދި ބާޒާރުމަތީ ބައެއް ފިހާރަތަކުގައި ކަރާ ކިލޯއެއް 12 ރުފިޔާއަށްވެސް ލިބެން ހުއްޓެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް... ފޮޓޯ: ވޮއިސް

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ އަދި ކަނޑޫދޫން ގެނައި ކަރާ ކިލޯއެއްގެ އަގުހުރީ 22 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ހުޅުމާލޭގައި ކަރާ ކިލޯއެއްގެ އަގު ހުރީ 25 ރުފިޔާއިން މަތީގައެވެ. ދެވަނަ ފިޔަވަހީގެ ބައެއް ފިހާރަތަކުން ދިވެހި ކަރާ ކިލޯއެއް 39 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ.

ކަރާގެ އިތުރުން މާލޭ ބާޒާރުގައި ދެން އެންމެ އަގު އުފުލިގެން ދިޔައީ ފެޝަންފުރުޓެވެ. ރޯދަމަސް ފެށުމުގެ ކުރިން 85 ރުފިޔާއަށް ވިއްކި ފުރުުޓު ކިލޯއެއްގެ އަގު މިއަދު ހުރީ 130 ރުފިޔާ އާއި 150 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ފެޝަންފުރުޓްތަކެއް... ފޮޓޯ: ވޮއިސް

ރޯދަމަސް އައުމުގެ ކުރިންވެސް މާލޭ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އޮރެޖެއްގެ އަގު ވަނީ 12 ރުފިޔާއަށް އަރާފައެވެ. ދަތުރުވެރިްނގެ އިތުރުން ބާޒާރުމަތީ ފިހާރަތަކުގައި މިއަދު އޮރެންޖެއް ލިބެންހުރީ 10 ރުފިޔާ އާއި 12 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުގައި އަގުބޮޑުވި އިތުރު ބާވަތްތަކުގެ ތެރޭގައި ފޭރު، އަދި އަނބު ފާހަގަކޮށްލެވެއެވެ.

ފަނިގިރުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށްދިޔައިރު، ތަރުކާރޫގެ ބާވަތްތަކުގެ ތެރެއިން އަގުތައް އެންމެ ބޮޑަށް މައްޗަށްދިޔަ ބާވަތްތަކުގެ ތެރޭގައި ކެރެޓް އަދި ލުނބޯ ފާހަގަކޮށްލެވެއެވެ.

ބާޒާރުމަތީ ފިހާރައެއް.. ރޯދަ އައުމުގެ ދެދުވަހެއް ކުރިން ނަގާފައި... ފޮޓޯ: ވޮއިސް

ރޯދަ އައުމުގެ ކުރިން 25 ރުފިޔާއަށް ކެރެޓް ކިލޯއެއް ލިބުނު ނަމަވެސް، މިއަދު ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު ހުރީ 55 ރުފިޔާ އާ ގާތްކުރާ އަގުތަކެއްގައެވެ. އަދި ބާޒާރުމަތިން 60 ރުފިޔާ އާ ގާތްކުރާ އަގަކަށް ލުނބޯ ކިލޯއެއްގެ އަގުހުރިއިރު، ހުޅުމާލޭގެ ބައެއް ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކަނީ 80 ރުފިޔާއަށެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި ފަނިގިރުމަށް ބޭނުންކުރާ ތަކެތި، މިހާރު އަގުބޮޑުކޮށް ހުރި ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އެ ބާވަތްތައް އިތުރަށް ގެނައުމުން އަގުތައް ތިރިވެގެން ދާނޭކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އޮގަސްޓް މަހު ބާޒާރުގެ އަގުތައް 1.15 އިންސައްތަ ދަށަށް ގޮސްފި
28 Sep 2026 ވިޔަފާރި

އޮގަސްޓް މަހު ބާޒާރުގެ އަގުތައް 1.15 އިންސައްތަ ދަށަށް ގޮސްފި

ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ދަށަށްދިއުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ޖުލައި މަހާ އަޅާބަލާއިރު 1.15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމ...

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި
16 Jul 2026 ހަބަރު

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅު...

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި
15 Apr 2026 ހަބަރު

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފިއެވެ. ބާޒާރުމަތީގެ ފިހާރަތަކުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައިވެސް ލުނބޯގެ އަގު ވަރަށް ބޮޑެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލުނބޫގ...

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ
24 Mar 2026 ވިޔަފާރި

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ

ބާޒާރުގައި މިއިން އަހަރަކު އަގު ނުއުފުލޭވަރަށް ރޯކަދުރުގެ އަގު އުފުލިއްޖެއެވެ. ބާޒާރުގައި ރޯކަދުރު ކިލޯއެއްގެ އަގު މިހާރު 400 ރުފިޔާއަށް އަރާފައިވާއިރު، ބައެއް ފިހާރަތަކުން ބުނީ މިއީ މިހާތަނަށް ރޯ ކަދ...

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި
09 Mar 2026 ހަބަރު

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފިއެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާގައި ހުރިއިރު، ލ.އަތޮޅުގެ އިތުރުން ކަނޑޫދޫ ކަރާ ކިލޯއެއް...

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ
26 Feb 2026 ހަބަރު

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ

އަގުއަރައިގެންދިޔަ އޮރެންޖުގެ އަގު މާލޭ ބާޒާރުގައި ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ. މިފަހަރުގެ ރަމަޟާންމަސް ފެށުނުއިރު އަދި އޭގެ ކުރިންވެސް ބާޒާރުގައި އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވ...