N/A
N/A
ދީން 10 Nov 2023 | 08:26

"ކުފުރާއި ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ اللهގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން"

ކުފުރާއި ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ اللهގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން ކަމަށް ޚުތުބާގައި ބުނެފިއެވެ.

"ސަލާމަތްވެގެންވާ ހިތް" މި މައުލޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ ހައްދަވާފައިވަނީ، މާއްދި ހަށިގަނޑަކާއި ރޫޙާނީ ފުރާނައަކާއި އެކު ކަމަށެވެ. އަދި އިންސާނާއަށް މި ޙަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ، ރޫޙާނިއްޔަތަށް އިސްކަންދީ އެބައި ފުރިހަމަ ކޮށްގެން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އެކަމުގެ ލަގަނަކީ ހިތެވެ. އިންސާނާއަށް ގިޔާމަތް ދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ، މި ހިތް ރަނގަޅު ކުރެވުނު މިންވަރަކުންނެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، މާތް اللهގެ ފޮތަށް ބަލާއިރު ހިތްތަކުގެ ހާލަތްތަކެއް ބަޔާންކުރައްވާފައި ވާކަމަށެވެ. އެއް ހިތަކީ ސަލާމަތުންވާ ހިތެވެ. އެ ހިތުގައި ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތި، ނިފާޤުގެ އެއްވެސް އަސަރެއް ނެތް، ޝަޚްވަތުތަކާއި، ފުރެދުންތަކުން އެއްކިބާ ވެފައިވާ ހިތެވެ.

ހިތްތަކުގެ އަނެއް ހާލަކީ މާތް الله އަށް ކާފިރުވެ، މާތް الله ގެ ބަސްފުޅުތަކަށް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. ތިންވަނަ ހާލަތަކީ ބަލިމަޑުކަމުގައި ވާ ހިތެވެ.

"އެއީ އީމާންކަން މަތީ ސާބިތުވެ ނޯވެވި، މުނާފިގުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހައި ކުޑަކުޑަ މި ބިންކޮޅުގައި، އީމާންކަމުގެ ގަސް އިންދާ މަތިވެރި އަޚްލާގުގެ ކާދުން އެ ގަހަށް ފެންދީ ހައްދައިފި ނަމަ، އެ ގަހުގައި އަޅާނެ މޭވާއަކީ، ނުބައި އަމަލުތަކެވެ. އެ ގަސް ވާނީ ޖަހަންނަމައިގެ ދަރަށެވެ. މި ދަރުން އެންމެ ފުރަތަމަ އަނދައިގެން ދާނީ މި ގަސް އިންދި މީހަގެ އަތެވެ،"

ހުކުރު ޚުތުބާ

ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުން އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ އޭނާގެ ހިތް ކަމަށާ މާތް الله ބައްލަވާވޮޑިގެންވާ ތަނަކީ ހިތެވެ. އަދި އިންސާނާއަށް ޖަޒާ ލިބުން އޮތީ ހިތުގެ ރަނގަޅުކަމާއި ނުބައިކަމުގެ މައްޗަށް ކަމަށާ، އިންސާނާއަށް ގިޔާމަތްދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ ހިތް ރަނގަޅު ކުރެވުނު މިންވަރަކުން ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އީމާންކަމުން ފުރިގެންވާ ހިތަކަށް މެނުވީ ދުނިޔޭގައި ރަނގަޅު ހަޔާތެއް ނުލިބޭނެ ކަމަށެވެ.

"ކުފުރާއި، ފާސިގުކަމުން ފުރިފައިވާ ހިތުގެ ވެރިޔާއަށް ލިބޭނީ الله ގެ ކޯފާއާއި މީސްތަކުންގެ ރުޅިވެރިކަން،"

ހުކުރު ޚުތުބާ

މިއާއެކު ހިތް އިސްލާހުކުރަންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތް ރަނގަޅުކޮށްދޭނެ މަންހަޖާ އެއްގޮތަށް ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

"މި މަންހަޖު ބިނާވެފައި ވަނީ އަންނަނިވި ކަންކަމުގެ މަތީގައެވެ. ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން މި ހިތް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. الله އަށް އުރެދުމުން މި ހިތް ރައްކާތެރި ކުރުމެވެ. ތެދުމަގުގައި މި ހިތް ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ، ދުނިޔެއަކީ، އާޚިރަތަށްޓަކާ މާތް الله ލައްވަވާފައިވާ ވަސީލަތެއް ކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ،"

ހުކުރު ޚުތުބާ

ހުތުބާގައި ބުނި ގޮތުގައި ހިތް ގައުވިޔަ ނުދިނުމަށްޓަކައި ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާއަކީ މާތް الله ހަނދުމަކުރުންމަތީ ދެމިހުރުމެވެ. އަދި މާތް الله އަށް ތަކްބީރު، ތަހްމީދު، އަދި ތަސްބީހަ ކިޔުންފަދަ އަމަލުތައް ގިނަ ކުރުމެވެ.

"އީމާންކަމުން ބަބުޅާ ހިތްތަކަކީ މި ބިންމަތީގައި ނަސީބުވެރީންނެވެ. އެއީ އާހިރަތުގެ ބާއްޖަވެރީންނެވެ. އެމީހުންނަކީ އިސްލާމްދީން ތަމްސީލުކުރާ ހެޔޮ ނަމޫނާތަކެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ އަމަލުކުރުންމަތީ ދެމިހުރުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...