ކްލަބް ފްލަޔަރސް އާއި ކޮން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ:  އެމްޖީ ސްޕޯޓްސް ކުލަބު / މަލީހް ރަޝީދު
ކްލަބް ފްލަޔަރސް އާއި ކޮން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު / މަލީހް ރަޝީދު
ކުޅިވަރު 22 Jun 2024 | 13:42

ފަހަތުން އަރައި އެންމެ ފަހުގެ ޗެންޕިއަން ބަލިކޮށް ކޮންއިން ސެމީ ފައިނަލް ޔަގީންކޮށްފި

ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެންޕިއަން ކްލަބް ފްލަޔަރސް އާއި ކޮން ވާދަކުރި މެޗު ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ކޮންއިން މުބާރާތުފެ ސެމީފައިނަލުގެ ޖާގައެއް ޔަގީންކޮށްފިއެވެ.

މުބާރާތުގައި ކްލަބް ފްލަޔަރސް ކުޅުނު ފުރަތަމަ މެޗުގައި ވައިޕަރސް އާއި ވާދަކޮށްޱ2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، މިއީ ކޮންއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްލަޔަރސް އިންނެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ފަވާޒް އެވެ. އަދި ޖެހިގެންއައި މިނެޓުގައި ފަވާޒު ވަނީ އިތުރު ލަނޑެއް ކަމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ނަމަވެސް އޭގެ ހަ މިނެޓް ފަހުން ކޮންއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ފްލަޔަރސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ކޮން އިންނެވެ. ނަތީޖައެއްގެ ގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި  އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރާއިފްއެވެ.

މިލަނޑާއެކު 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި ވަނިކޮށް ފްލަޔަރސް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފެހުހާފުގެ 64 ވަނަ މިނެޓުގައި އެޓީމުގެ އަހުމަދު ނާހީ ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން ނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ކޮން މިމެޗުން މޮލުވި ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ޝަފްރާހް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ކޮން ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ފްލަޔަރސް އަލީ ފަވާޒް އެވެ.

މިނަތީޖާއެކު ކޮންއިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިމެޗުން ބަލިވި ފްލަޔަރސް އަށް ސެމީގެ ފުރުސަތު ލިބެން އޮތީ ގުރޫޕްގެ ފަހު މެޗުގައި ކޮންއާއި ވައިޕަރސް ވާދަކުރާ މެޗުން ވައިޕާސް ބަލިވެގެންނެވެ. އެމެޗު އެއްވަރުވެ ނުވަތަ ވައިޕާސް މޮޅުވެއްޖެނަމަ  ފްލަޔަރސް އަށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.

މިމަހުގެ 20 އިން 30 އަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައިވެފައެވެ. އަދި މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 27 އަދި 28 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 30 ވަނަ ދުވަހު އެވެ.

މިއަހަރުގެ މުބާރާތުގެ ޓްރަވަލް ޕާޓްނާއަކަށް މައިދޫ ސްޕީޑް އަދި ބެވަރޭޖް ޕާޓްނަރ އަކަށް އާރުވީ ސްޓޯރު ހަމަޖައްސާފައިވާއިރު، ޕްރިންޓިން ޕާޓްނަރަކީ ޔުނިކް އައިޑިއާ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.