އިހަވަންދޫ ކޮޅަށް ލަނޑުޖެހުމަށް ފަހު އުތީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: އުތީމު ފުޓްސަލް ޓީމު
އިހަވަންދޫ ކޮޅަށް ލަނޑުޖެހުމަށް ފަހު އުތީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: އުތީމު ފުޓްސަލް ޓީމު
ކުޅިވަރު 28 Jan 2024 | 04:03

އިހަވަންދޫ ބަލިކޮށް އުތީމު ސެމީ ފައިނަލަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހއ. އަތޮޅު ބުރުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 5-2 ގެ ނަތީޖާއަކުން އިހަވަންދޫ ބަލިކޮށް އުތީމުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައިި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އުތީމު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަަނަ ހާފުގައި އުތީމުން އިތުރު ތިން ލަނޑު ކާމިޔާބު ކުރި އިރު މިހާފުގައި އިހަވަންދޫ އިން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މިމެޗުގައި އުތީމުގެ ތާހާ މުހައްމަދު ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ އަހުމަދު އައިހަމް، މުހައްމަދު ނަބީލުގެ އިތުރުން މުހައްމަދު ރިޝްމީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން މިމެޗުގައި އިހަވަންދޫގެ އިބްރާހިމް ހާމިދު އަދި އަހުމަދު ސާޖިދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އުތީމުގެ އަހުމަދު އައިހަމް އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ހއ. އަތޮޅުން 12 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅުބުރު ކުރިއަށް ގެންގޮސްފައިވަނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވުނުއިރު، ތިން ގުރޫޕުން ވެސް ތިންވަނަ ހޯދި ޓީމު ތަކުގެތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
11 Nov 2026 ކުޅިވަރު

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި

އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
11 Nov 2026 ކުޅިވަރު

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް

މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
09 Nov 2026 ކުޅިވަރު

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު

މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ.

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި
05 Nov 2026 ކުޅިވަރު

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.