އިންޑިއާ-ނޭޕާލް އަސްކަރީ ތަމްރީނުތައް ނިންމާލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިންޑިއާ އާއި ނޭޕާލްގެ އަސްކަރިއްޔާ ގުޅިގެން ހިންގި އަސްކަރީ ތަމްރީނުތައް ނިންމާލައިފިއެވެ.
އިންޑިއާގެ އުއްތަރަޚާންދުގެ ފަރުބަދަތައް މަތީގައި 'ޖޮއިންޓް މިލިޓަރީ އެކްސަސައިޒް ސޫރްޔާ ކިރަން' ގެ ނަމުގައި ބޭއްވި މި ތަމްރީނުތަކަކީ މި ދެގައުމުގެ މެދުގައި ބޭއްވި މިފަދަ 19 ވަނަ ތަމްރީނު ބުރެވެ. ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނުތަކުގައި ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ކައުންޓަރ ޓެރަރިޒް އަދި ޑިޒާސްޓަރ މެނެޖްމަންޓް ހިންގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށްދިޔައެވެ.
އިންޑިއާއިން ގެންދަނީ އެޤައުމާއެކު މަސައްކަތްކުރާ ރަހުމަތްތެރި ޤައުމުތަކުގެ އަސްކަރިއްޔާތަކާއެކު ބާއްވާ ފަރިތަކުރުންތައް ގިނަ ކުރަމުންނެވެ. އެގޮތުން ސަރަހައްދީ ބައިވެރިންގެ އިތުރުން، ޕެސިފިކް ސަރަހައްދުގައިވެސް އިންޑިއާ ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ތަމްރީނުތަކެއް ދާދިފަހުން ވަނީ ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް