މޮނޮކްސް ސްޓޫޑިއޯގެ ޑިޒައިނަރ އަޙްމަދު އަޒުހަދު އަދި އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް ޢާދިލް...
މޮނޮކްސް ސްޓޫޑިއޯގެ ޑިޒައިނަރ އަޙްމަދު އަޒުހަދު އަދި އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް ޢާދިލް...
ކުޅިވަރު 09 May 2025 | 19:01

ކުޑަހުވަދޫ ބޮޑުޢީދު ފުޓްސެލް ޗެލެންޖްގެ 1446” ޑިޒައިން ޕާޓްނަރަކަށް މޮނޮކްސް ސްޓޫޑިއޯ

ބްރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް އޮތް ބޮޑުއީދު ބަންދާއި ދިމާކޮށް ދ. ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކުޑަހުވަދޫ ބޮޑުއީދު ފުޓްސަލް ޗެލެންޖް 1446" ގެ ޑިޒައިނިންގ ޕާޓްނަރަކަށް މޮނޮކްސް ސްޓޫޑިއޯ ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މޮނޮކްސް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ސްޓޫޑިއޯގެ ޑިޒައިނަރ އަޙްމަދު އަޒުހަދުއެވެ. އަދި ބްރަދާސް އެކަޑަމީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް ޢާދިލެވެ.

2012 ވަނަ އަހަރު އުފެދުނު މޮނޮކްސް ސްޓޫޑިއޯ އަކީ މިހާރު ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުންދާ ސްޓޫޑިއޯއެކެވެ. މި ސްޓޫޑިއޯއިން މުބާރާތުގެ ޑިޒައިނިންގ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ބްރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ. މީގެ އިތުރުން، އީދު ބަންދާއި ދިމާކޮށް ރަށުގެ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރި މާހައުލެއްގައި އީދުގެ އުފާ ހާސިލްކުރުމަށް މަގުފަހިކުރުމަކީވެސް މި މުބާރާތުގެ އަމާޒެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.