ޖަޕާންގެ ބޮޑުވަޒީރު، ސަނައޭ ޓަކައިޗީ
ޖަޕާންގެ ބޮޑުވަޒީރު، ސަނައޭ ޓަކައިޗީ
ދުނިޔެ 26 Mar 2026 | 05:01

ތެލުގެ އަގު ހިފެހެއްޓުމަށް ޖަޕާނުގެ ރިޒާވުން ތެޔޮ ދޫކުރަން ފަށައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމުގެ ގޮތުން، ޖަޕާނުގެ ސްޓްރެޓީޖިކް ތެޔޮ ރިޒާވުން އިތުރު ބައެއް ބޭރުކުރަން ފަށާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފިއެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީގެ އޮފިޝަލެއް ކަމަށްވާ ކަނާމޭ މޮރިމޯޓޯ ވިދާޅުވީ، ގައުމީ ރިޒާވުން ތެޔޮ ރިފައިން ކުރާ ކުންފުނިތަކަށް ތެޔޮ ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 10:59 (ޖީއެމްޓީން 01:59) ގައެވެ. މިއީ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅެކެވެ.

މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ރިޒާވުން އެއް މަސް ދުވަހުގެ ތެޔޮ ދޫކުރާނެ ކަމަށް ޓޯކިޔޯއިން އިއުލާން ކުރުމުގެ ފަހުންނެވެ. އެހެންކަމުން، ޕްރައިވެޓް ސެކްޓަރުގެ ޕެޓްރޯލިއަމް ރިޒާވުން 15 ދުވަހުގެ ތެޔޮ ދޫކުރުމުގެ މަސައްކަތް އޮފިޝަލުން ވަނީ މިހާރު ފަށާފައެވެ.

ޖަޕާނަކީ ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ގައުމަށް ބޭނުންވާ ތެލުގެ 90 އިންސައްތައަށް ވުރެ ގިނަ ތެޔޮ އެތެރެކުރަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. އެހެންކަމުން އެ ސަރަހައްދުގެ ހަމަނުޖެހުންތަކުގެ އަސަރު އެ ގައުމަށް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މިނޯރޫ ކިހާރާ އޭއެފްޕީއަށް ވިދާޅުވީ، ރިޒާވް ސްޓޭޝަންތަކުގެ ދެބައިކުޅަ އެއްބައިން ތެޔޮ ރިފައިން ކުރާ ހަތަރު ކުންފުންޏަކަށް ތެޔޮ ފޮނުވުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

ޖަޕާނުގެ ސެކިއުރިޓީ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
01 Oct 2026 ހަބަރު

ޖަޕާނުގެ ސެކިއުރިޓީ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަސްމީ ސެކިއުރިޓީ އެހީތެރިކަން ދިނުމާ މެދު ވިސްނަމުންދާ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޖަޕާނުގެ އެމްބަސީ ޤާއި...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...