އާރްއޭސީއެލްގެ އިސް ބޭފުޅުން
އާރްއޭސީއެލްގެ އިސް ބޭފުޅުން
ވިޔަފާރި 06 Jul 2024 | 05:38

އާރްއޭސީއެލްގެ ލޯގޯ ޑިޒައިންކޮށްގެން 25،000ރ.

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ލޯގޯ ފަރުމާކޮށްގެން 25،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އާރްއޭސީއެލް އިން ބުނީ ލޯގޯ ފަރުމާކޮށް ދޭން ޝައުގުވެރިވާ ފަރާތްރަކަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 9 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

ލޯގޯ ފަރުމާކުރާ އިރު، ގަދަ ޓާކޮއިޒް ކުލަ ބޭނުން ކުރުމަށާއި ދެވަނަ ކުލައެއްގެ ގޮތުން އެ ކުލައިގެ މަޑު ކުލައެއް ނުވަތަ ޝޭޑެއް ބޭނުން ކުރުމަށް އާރްއޭސީއެލްއިން ބުނެފައިވެއެވެ.

އަދި ލޯގޯ އިން އެއާލައިނެއް ރަމްޒުކޮށްދީގެން ނުވާނެ ކަމަށާއި ލޯގޯ އިން ރަމްޒުކޮށް ދޭން ޖެހޭނީ އެއާޕޯޓެއް ކަމަށްވެސް ބުންޏެވެ.

ލޯގޯގެ ވެކްޓާ ފައިލް ހުށަހަޅަން ޖެހެނީ މި މެއިލް [email protected] މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ
18 Aug 2026 ހަބަރު

ފަރެސްމާތޮޑާ އެއާޕޯޓުގައި ކިއޮސްކެއް ހިންގާނެ ފަރާތެއް ހޯދަނީ

ފަރެސްމާތޮޑާ އެއާޕޯޓުގައި ކާބޯތަކެތީގެ ހިދުމަތްދޭ ކިއޮސްކެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް...

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި
08 May 2025 ހަބަރު

މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި

މ. މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި އެވެ. ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތައ...

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ
23 Dec 2024 ހަބަރު

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މާރިޗު މަހު ޓެސްޓް ފްލައިޓް ޖައްސަނީ

މުލަކަ އަތޮޅު މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިންމައި ކުރިއަށް އޮތް އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު  ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒުކުރާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮން...

އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!
12 Oct 2024 ރިޕޯޓް

އައްޑޫ ލިންކު ރޯޑަށްވުރެ، ކޫއްޑޫ އެއާޕޯޓް ރަންވޭގެ ހާލަތު ގޯސް!

އެއާޕޯޓަކީ އެތަންތަނުގެ ފެންވަރު ވަކިގޮތަކަށް ހުންނަންޖެހޭ ތަނެކެވެ. ހާއްސަ ގޮތެއްގައި އެއާޕޯޓެއްގެ ރަންވޭ ހުންނަންޖެހޭނީ ވަކި މިންގަނޑެއްްގަަައިކަން ސިވިލްއޭވިއޭޝަނުގެ ގަވާއިދުތަކުގައި ކަނޑައަޅާފައި ...

އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ
01 Sep 2024 ހަބަރު

އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލ...

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެ
21 Aug 2024 ހަބަރު

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެ

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެއެވެ. ރާއްޖޭގައި އިލެކްޓްރިކް އެއާކްރާފްޓް ނުވަތަ އެވްޓޯލް އަދި ޑްރޯން ޖެއްސުމަށް ޚާއްޞަ ވާޓިޕޯޓާއި ޑްރޯންޕޯ...