ޑީއެސްއާރުސީ ނެރެގަނޑާއި ޔުނައިޓެޑް ދިގުވާނޑު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ރާޅު ގްރަފީ
ޑީއެސްއާރުސީ ނެރެގަނޑާއި ޔުނައިޓެޑް ދިގުވާނޑު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ރާޅު ގްރަފީ
ކުޅިވަރު 15 Nov 2024 | 14:39

ފަސޭހަކަމާއެކު ޑިއެސްއާރުސީ ނެރެގަނޑު ބަލިކޮށް ގުރޫޕްގެ އެއްވަނަ ދިގުވާނޑުން ހޯދައިފި

ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ "މައި ފުވައްމުލައް ބާބާ ގާޑިޔާ ފުޓްސަލް ޓޯނަމަންޓް 2024" ގައި މިރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އޭގެ ޑީއެސްއާރުސީ ނެރެގަނޑާއި ޔުނައިޓެޑް ދިގުވާނޑު ވާދަކުރި މެޗު ފަސޭހަކަމާއެކު 8-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިގުވާނޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ޔުނައިޓެޑް ދިގުވާނޑު ކުޅުނު ފުރަތަމަ މެޗުގައި ދޫނޑިގަލޯނާ އަތުން 4-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ޝާކްހެޑް އަތުން އެޓީމު މޮޅުވީ 7-1 ގެ ނަތީޖާއަކުންނެވެ. އަދި ޑީއެސްއާރުސީ ނެރެގަނޑުގެ ފުރަތަމަ މެޗުގައި ޝާކް ހެޑާއި ވާދަކޮށް 1-1 ގެ ނަތީޖައަކުން ދެޓީމު ވަނީ އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ދޫނޑިގަލޯނާ އަތުން 3-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ދިގުވާނޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ދިގުވާނޑު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޑީއެސްއާރުސީ ނެރެގަނޑުން ވެސް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ދިގުވާނޑުގެ އީމާން ނަސީރު އަދި އަލީ ޒައިދާން ރަމީޒް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަލީ ޒަމީލް އަހުމަދު ވަފީ، މުހައްމަދު ނާއިޝް އިބްރާހިމް އަދި އަބްދުއްﷲ ގުރައިޝް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ  ޑީއެސްއާރުސީ ނެރެގަނޑުގެ ޝާޝް ޝަރީފްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން މިމެޗުަގައި ޑީއެސްއާރުސީ ނެރެގަނޑުގެ އިބްރާހިމް ފިރާގް އަދި މުހައްމަދު ސަމީއު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ދިގުވާނޑުގެ އަލީ ޒައިދާން ރަމީޒް އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ދިގުވާނޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދިއިރު، މިމެޗުން ބަލިވި ޑީއެސްއާރުސީ ނެރެގަނޑު ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.

މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންއަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ދެވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

11 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު 2024 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.