އެމްޖީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
އެމްޖީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން، މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކުޅިވަރު 23 Jul 2025 | 09:58

ވަރުގަދަ ސްކޮޑަކާއެކު އެމްޖީ ފުޓްބޯޅަ ޓީމު, މުބާރާތަށް ނުކުންނަނީ ތަށި ދިފާއުކުރަން

"ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2025"ގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތާއި ކުރިމަތިލަނީ ތަށި ދިފާއުކުރުމަށް ކަމަށް އެ ޓީމުން ބުނެފިއެވެ.

އެމްޖީ ފުޓްބޯޅަ ޓީމުގެ ފަރާތުން އޮފިޝަލަކު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ސްކޮޑެއް އެކުލަވާލުމަށްފަހު ދުރާލައި އެޓީމުން ފަރިތަކުރުންތައް ފަށާފައިވާކަމަށެވެ.

"ޓީމުގެ ތައްޔާރީތަކާއި މެދު ވަރަށް ހިތްހަމަޖެހޭ އަދި މިފަހަރުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް".. އޮފިޝަލް ބުންޏެވެ.

އެގޮތުން މިދިޔަ އަހަރު އެޓީމުން ޗެންޕިއަންކަން ހޯދީ ޓީމުގައި ހިމެނުނު މުހިންމު ބައެއް ކުޅުންތެރިންނާއެކު އިތުރު 13 ކުޅުންތެރިޔަކު މުޅިން އަލަށް އެޓީމުގެ ސްކޮޑުގައި ވަނީ ހިމަނާފައެވެ.

އޭގެތެރޭގައި ޖޫނިއާ ޤައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ކުޅެ އަދި މިހާރު ވެސް ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައި ވެސް ވިދުންގަދަ ދެ ތަރިން ކަމަށްވާ ޝަނާން ރަޝީދުގެ އިތުރުން ޔޫސުފް ޝާއިފް ޓީމުގައި ހިމެނޭއިރު، މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާށިދޫއަށް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ ހަ ކުޅުންތެރިއެއްގެ އިތުރުން ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް ހަލީމް ވެސް މިފަހަރު ފެނިގެންދާނީ އެމްޖީ ފުޓްބޯޅަ ޓީމުންނެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެމްޖީ ފުޓްބޯޅަ ޓީމުގެ ސްކޮޑް

24 ޖުލައި 2025 އިން 03 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ސެމީ ފައިނަލް ދެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 31 އަދި އޮގަސްޓް އެއްވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް ތިންވަނަ ދުވަހު އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް 40،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ކާށިދޫ ކައުންސިލްގެ ފަރާތުން ވަނީ ކަޑައަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.