މެލޭޝިޔާގައި ދިވެއްސަކު ގެއްލިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހީންގެ ބޮޑު އާބާދީއެއް އޮތް މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ގެއްލިގެން ހޯދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ މީހެކެވެ.
އޭނާގެ ފޮޓޯއެއް އާންމުކޮށް އާއިލާ އިން ބުނީ އުސެއިދުގެ ހަބަރެއް ނުވެގެން ހޯދަމުން އަންނަ ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ދިވެހި ހާރިޖިއްޔާ އިން ވެސް ބުނީ ދިވެއްސަކު ގެއްލިގެން ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް