އިންޑިއާ އާއި ޗައިނާގެ ވެރިން.. ފޮޓޯ: މޯދީ އެކްސް
އިންޑިއާ އާއި ޗައިނާގެ ވެރިން.. ފޮޓޯ: މޯދީ އެކްސް
ދުނިޔެ 13 Sep 2026 | 18:56

އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ

ދެހާސް ވިހިވަނަ އަހަރު ދެގައުމުގެ ސަރަހައްދީ އިމުގައި ހިނގި އަސްކަރީ ކުރިމަތިލުމަށްފަހު ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމުގެ ގޮތުން، ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށް އިންޑިއާއާއި ޗައިނާގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ.

ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވީ ނިއު ދިއްލީގައެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރައީސް ޝީ އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފަތުރެވެ.

ދެ ގައުމުގެ މެދުގައި އޮތް އަސްކަރީ ނުވަތަނަވަސްކަން ކުޑަވެފައިވީ ނަމަވެސް، ވިޔަފާރިތަކަށް އަދިވެސް އިދާރީ އުނދަގޫތަކާއި، ވިސާ ލިބުމުގެ ދަތިކަމާއި، ސިނާއީ ވަސީލަތްތައް ވިއްކުމުގައި ހުރި ހުރަސްތަކާ ކުރިމަތިލާންޖެހޭކަމަށް ދެ ގައުމުގެ ވިޔަފާރިވެރިން ބުނެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ. އަދި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކުގައި ހުރި މައްސަލަތައް، ހާއްސަކޮށް ވިޔަފާރީގެ ނުހަމަކަމާއި ސަޕްލައި ޗޭންގެ ދަތިތައް ހައްލުކޮށް، އެކަށީގެންވާ ގޮތެއްގައި މާކެޓަށް ވަދެވޭނެ މަގުފަހިކުރުމަށް މަޝްވަރާކުރެވުނެވެ.

ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޝީ ވިދާޅުވީ ޗައިނާއިން އަބަދުވެސް އިންޑިއާއާއެކު އޮންނަ ގުޅުމަށް ބަލަނީ އިސްތިރާތީޖީ އަދި ދިގު މުއްދަތުގެ ވިސްނުމަކުން ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އަލުން އަނެއްކާވެސް ބަދަހިވަމުންދާ ކަމަށާއި، އެއްބާރުލުން ދެވޭނެ ދާއިރާތައް އިތުރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި ޗައިނާއިން 1962 ވަނަ އަހަރު ބޯޑަރުގެ މައްސަލައިގައި ހަނގުރާމައެއް ކޮށްފައިވާއިރު، 2020 ވަނަ އަހަރު ހިނގި ކުރިމަތިލުމުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ 4 ސިފައިން މަރުވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް 2024 ގެ ނިޔަލަށް، ހިމާލަޔާ ސަރަހައްދުގައި ތިބި އަސްކަރީ ފައުޖުތައް ފަހަތަށް ޖެއްސުމަށް މޯދީއާއި ޝީ އެއްބަސްވެވަޑައިގަތުމުން ގުޅުން އަލުން ރަނގަޅުވާން ފެށިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.