އަވަސް އަވަހަށް ވެރިކަން ބަދަލުވުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް: ފުވާދު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަވަސް އަވަހަށް ވެރިކަން ބަދަލުވުމަކީ ތަރައްގީއަށް އެޅޭ ހުރަހެއް ކަމަށާ ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުޢިއްޒަށް އިތުރު ދައުރެއް ދީފިނަމަ ރާއްޖޭގެ ތަރައްގީއާ ފުއްދުންތެރިކަން އިތުރުވާނެ ކަމަށް ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު މިހެން ވިދާޅުވީ އެމްއެމްޓީވީގެ "އަރާއިރު ޚާއްސަ" ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުވެސް ފުރުއްވާފައިވާ ފުއާދު ވިދާޅުވި ގޮތުގައި އަވަސް އަވަހަށް ވެރިކަން ބަދަލުވުމަކީ ތަރައްގީއަށް އެޅޭ ހުރަހެކެވެ.
ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމަކީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓި ތަރައްގީއަށް ހުރަސް އެޅޭ ކަމުގައި ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުޢިއްޒަށް އިތުރު ދައުރެއް ދީފިނަމަ ރާއްޖޭގެ ތަރައްގީއާ ފުއްދުންތެރިކަން އިތުރުވާނެ ކަމަށެވެ.
"މިހާރު މިދާ މިސްރާބުން ކުރިއަށް ގޮސް, ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދެއްވައިފިނަމަ ރާއްޖޭގެ ތަރައްގީއާއި ތަނަވަސްކަން އިންތިހާއަށް އިތުރުވެގެންދާނެ," ފުއާދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް