މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު-- ފޮޓޯ: އެފްއޭއެމް
މާޒިޔާގެ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒެއިރު-- ފޮޓޯ: އެފްއޭއެމް
ކުޅިވަރު 28 Sep 2026 | 13:48

ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން މައްސަލައިގައި ސުޒެއިރު 10 މެޗަށް ސަސްޕެންޑްކޮށް ޖޫރިމަނާކޮށްފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން މައްސަލައިގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު 10 މެޗަށް ސަސްޕެންޑްކޮށް، 15،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި ފޯރިގަދަ ލީގު މެޗުން 3-2 އިން ނިއު ރޭޑިއަންޓް މޮޅުވި މި މެޗުގެ 77 ވަނަ މިނެޓުގައި ދެ ޓީމުގެ ބެންޗު ކައިރީގައި ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން، ސުޒެއިރު ވަނީ ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާގެ މޫނުމަތީގައި ޖަހައި ބޮޑެތި އަނިޔާތަކެއް ދީފައެވެ.

މި ހަމަލާގެ ސަބަބުން ލޫސިއާނޯގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު، އެ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ޢަމަލާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ވަގުތުން ސުޒެއިރަށް ރަތްކާޑު ދައްކައި، ދަނޑުން ފޮނުވާލާފައެވެ.

މި މައްސަލާގައި އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޯޑުގެ 34 ވަނަ މާއްދާގެ ދަށުން ސުޒެއިރަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އެގޮތުން 10 މެޗުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން، 15،000 ރުފިޔާއިން ޖޫރިމަނާ ކޮށް، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ ފައިސާ އެފްއޭއެމަށް ދައްކައި ޚަލާޞްކުރަން ވަނީ އަންގާފައެވެ.

އަދި ޑިސިޕްލިނަރީ ކޮމިޓީގެ މި ނިންމުން އިސްތިއުނާފު ކުރަން ބޭނުންވާނަމަ، ލިޔުމުން 3 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް ވެސް ވަނީ އަންގާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
11 Nov 2026 ކުޅިވަރު

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި

އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
11 Nov 2026 ކުޅިވަރު

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް

މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
09 Nov 2026 ކުޅިވަރު

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު

މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ.

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި
05 Nov 2026 ކުޅިވަރު

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.