ރަޝިއާގެ ޖައްވީ އުޅަނދެއް..
ރަޝިއާގެ ޖައްވީ އުޅަނދެއް..
ދުނިޔެ 25 Dec 2025 | 06:16

2036 ގެ ކުރިން ހަނދުގައި ހަކަތަ އުފައްދާނަން: ރަޝިއާ

ރަޝިޔާގެ ޖައްވީ ކަންތައްތަކާބެހޭ ޤައުމީ އިދާރާ، ރޮސްކޮސްމޯސްއިން 2036 ވަނަ އަހަރުގެ ކުރިން އެ ޤައުމުން ހަނދުގައި ހަކަތަ އުފައްދާ މަރުކަޒެއް ޤާއިމްކުރާނެ ކަމަށް ބުނެފިއެވެ.

އެގޮތުން ރޮސްކޮސްމޯސްއިން ދަނީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ހަނދުގައި ނިއުކްލިޔަރ މަރުކަޒެއް ޤާއިމްކުރުމުގެ ތައްޔާރީތައް ވަމުންނެވެ. ރަޝިއާގެ މީޑިއާތަކުން ބުނީ 2030 ގެ މެދުތެރެއިން ހަނދުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް އުޅުމުގެ މަސައްކަތް ޗައިނާއާ ގުޅިގެން މިހާރު ކުރިއަށްދާކަމަށެވެ.

މި ޕްލާންޓުގެ ބޭނުމަކީ ހަނދުގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުއާއި ޗައިނާއާ ގުޅިގެން ޤާއިމް ކުރާ ބައިނަލްއަޤްވާމީ ރިސަރޗް މަރުކަޒުގެ ބޭނުމަށް އަދި އެގައުމުން ހިންގާ ޖައްވީ އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ހަކަތަ އުފެއްދުމެވެ.

ރަޝިޔާއަކީ ޖައްވީ ހޯދުންތަކުގެ ދާއިރާގައި އިންތިހާއަށް ކުރިއަރަމުން ދިޔަ ޤައުމެކެވެ. އެގޮތުން 1961 ވަނަ އަހަރު ކުރީގެ ސޯވިއެޓު ޔޫނިއަންގެ ފަރާތުން، ރަޝިއާއަށް ނިސްބަތްވާ ޔޫރީ ގަގާރިން ފުރަތަމަ ފަހަރަށް ވަނީ ހަނދަށް ވެސް ގޮސްފައެވެ.

ނަމަވެސް ފަހުގެ އަހަރުތަކުގައި އެމެރިކާއާއި ޗައިނާއިން ދަނީ ރަޝިޔާގެ މައްޗަށް އެ ދާއިރާއިން ކުރި ހޯދަމުންނެވެ. މި ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ދާއިރާއިން އަނެއްކާ ވެސް ކުރި ހޯދުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ
07 Oct 2026 ދުނިޔެ

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ...

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
05 Oct 2026 ދުނިޔެ

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ...

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
19 Sep 2026 ދުނިޔެ

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި

ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕޮލެންޑުގެ ބޮޑުވަޒީރ...

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
30 Aug 2026 ދުނިޔެ

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...