އެސްޓީއޯގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯގެ ޕެޓްރޯލް ޝެޑެއް
ވިޔަފާރި 05 Mar 2026 | 02:08

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް އަގު ބޮޑުކޮށްފި؛ ޕެޓްރޯލުން 2.5ރ، ޑީސަލުން 3.6ރ ބޮޑު

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

މިއީ އެމެރިކާއިން އިސްވެ އިޒްރޭލްގެ ބައިވެރިވުމާއެކު އީރާނަށް ހަމަލާދީ ބޮޑު ހަނގުރާމައެއް ފެށުމާއި ގުޅިގެން ތެލާއި ޑީސަލް އުފައްދާ މިންވަރު މަދުވުމުން އައި ބަދަލެކެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ވަނީ ބޮޑުކޮށްފަ އެވެ. އެސްޓީއޯ އިން މިރޭ ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01 ރުފިޔާއަށް ކަމަށެވެ. ކުރީން ވިއްކަމުން އައީ 13.50 އަށެވެ. މިއީ 2.51 ރުފިޔާގެ ބޮޑުވުމެކެވެ.

ޑީސަލް ވިއްކަމުން އައީ ލީޓަރެއް 13.92 ލާރިއަށެވެ. ނަމަވެސް ދެން ވިއްކާނީ 17.54 ރުފިޔާއަށެވެ. މިއީ 3.62 ރުފިޔާގެ ބޮޑުވުމެކެވެ.

މިއީ މި ފަހުން ދުވަހަކު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ނުއުފުލޭ މިންވަރެކެވެ.

ސަރުކާރުން ދަނީ ތެލަަށް ނުޖެހޭނެ ގޮތްތަކެއް ހޯދަމުންނެވެ. އެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
22 Nov 2026 ވިޔަފާރި

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ "އެލައިޑް އައިފޯން ޑްރޮޕް 2" ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އާ އައިފޯން 18 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
21 Nov 2026 ދުނިޔެ

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން، ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ އަސްކަރިއްޔާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އީރާނުގެ ބައެއް ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު
18 Nov 2026 ވިޔަފާރި

މިއަހަރު ނިމެންވާއިރަށް އެސްޓީއޯއަށް 1 ބިލިއަން ރުފިޔާގެ ފައިދާވާނެ: ޝިމާދު

ޝިމަދު ވިދާޅުވި ގޮތުގައި، އެސްޓީއޯގެ އާމްދަނީ، ޖުމްލަ ފައިދާ އާއި ސާފު ފައިދާވެސް ދަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން، މިދިޔަ އަހަރު ނިންމާލީ 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
16 Nov 2026 ވިޔަފާރި

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

އެސްޓީއޯއިން ބުނީ ރަމަޒާން ބާޒާރު ޕްރޮމޯޝަންގައި ވަކި ޕްރޮޑަކްޓުތަކަކުން 50 އިންސައްތައާ ހަމައަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. ޕްރޮމޯޝަނުގައި ކޮންމެ ދެ ހަފުތާއަކުން، 500 ރުފިޔާ އިން މައްޗަށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ
15 Nov 2026 ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ދެ ތެޔޮ ޓޭންކަރެއް މައިންތަކެއްގައި ޖެހިއްޖެ

މި ހާދިސާ ހިނގާފައިވަނީ، ދަތުރުފަތުރުކުރުން ބަންދުކޮށްފައިވާ މަގަކުން އެ ދެ އުޅަނދު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.