މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ދުވާފަރުގެ އިސްމާއިލް އީސާ (މެސީ)... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ދުވާފަރުގެ އިސްމާއިލް އީސާ (މެސީ)... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު 27 Jan 2024 | 16:07

ފަސޭހަކަމާއި އެކު ހުޅުދުއްފާރު ބަލިކޮށް ދުވާފަރު ފައިނަލަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ރ. އަތޮޅު، އަތޮޅު ބުރުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ފަސޭހަކަމާއި އެކު 7-1 ގެ ނަތީޖާއަކުން ހުޅުދުއްފާރު ބަލިކޮށް ދުވާފަރު ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދުވާފަރުން ސެމީގެ ފުރުސަތު ހޯދީ ރ.އަތޮޅު ގުރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން އަލިފުށި އަތުން މޮޅުވިއިރު ދެވަނަ މެޗުގައި މަޑުއްވަރީ އަތުން އެޓީމު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި މީދޫ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ކުޅުނު ތިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ އެޓީމުން ވަނީ 12 ލަނޑު ކާމިޔާބުކޮށްފައެވެ.

ހުޅުދުއްފާރު ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އިނގުރައިދޫ އަތުން ބަލިވިއިރު، ގުރޫޕްގެ ފަހު މެޗުގައި ފައިނު އާއި ވާދަކުރި މެޗު އެޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއާއެކު ގުރޫޕްގެ ދެވަނަ އެޓީމަށް ލިބުނީ ލަނޑުގެ ތަފާތުންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި 3-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައިި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ހުޅުދުއްފާރުން ކަމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުސެއިން ޝަމްމާޚް އެވެ.

މިމެޗުގައި ދުވާފަރުގެ އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އިޝާމް މިއިން ކޮންމެ ކުޅުންތެރިއެއް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އީރަސް އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އިސްމާއިލް އީސާ (މެސީ) އެވެ.

މުބާރާތުގެ ފައިނަލްގައި ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ 23:00 ގައި ދުވާފަރުން ނުކުންނާނީ އަލިފުއްޓާއި ދެކޮޅަށެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ރ. އަތޮޅުން 7 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ސެމީ ފައިނަލުގައި ވާދަކުރިއިރު، ފައިނަލުގައި ވާދަކުރާ ދުވާފަރުގެ އިތުރުން އަލިފުއްޓަށް މުބާރަތުގެ ޒޯން ބުރުން ވަނީ ފުރުސަތު ލިބިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.