ޗައިނާގެ އުދުހޭ އިންޖީނުގެ-- ފޮޓޯ/ ލޯބަލްޓައިމްސް
ޗައިނާގެ އުދުހޭ އިންޖީނުގެ-- ފޮޓޯ/ ލޯބަލްޓައިމްސް
ދުނިޔެ 19 Feb 2026 | 14:31

ޗައިނާއިން ދުނިޔޭގެ ފުރަތަމަ 'އުދުހޭ' ހަކަތަ އުފައްދާ ނިޒާމު އުފައްދައިފި

ޗައިނާއިން ދުނިޔޭގެ ފުރަތަމަ "އުދުހޭ"، ވައިން ހަކަތަ އުފައްދާ ނިޒާމެއް ކާމިޔާބުކަމާއެކު އުފައްދާ ޓެސްޓުކޮށްފިއެވެ. ކަމާބެހޭ ފަރާތްތަކާއި މީޑިއާތަކުން ސިފަކުރާ ގޮތުގައި، މިއީ މިގޮތަށް ކަރަންޓު ގްރިޑާ ގުޅާލެވުނު ދުނިޔޭގެ ފުރަތަމަ "އުދުހޭ އިންޖީނުގެ" އެވެ.

"އެސް2000 ސްޓްރެޓޯސްފިއަރ އެއަރބޯން ވިންޑް އެނާޖީ ސިސްޓަމް" (އެސް.އޭ.ޑަބްލިއު.އީ.އެސް) ގެ ނަމުން ނަންދީފައިވާ މި ނިޒާމަކީ ހީލިއަމް ގޭސް ބޭނުންކޮށްގެން މައްޗަށް އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. ސީޗުއާން ޕްރޮވިންސްގެ ޔީބިންގައި ކުރިއަށްދިޔަ މި ފުރަތަމަ ތަޖުރިބާ ދަތުރުގައި، މި އުޅަނދު ވަނީ ބިމުން ފެށިގެން ގާތްގަނޑަކަށް 2,000 މީޓަރު (6,560 ފޫޓު) މައްޗަށް އަރައި، ކަރަންޓު އުފައްދައި އެ ސަރަޙައްދުގެ ކަރަންޓު ގްރިޑާ ވަނީ ކާމިޔާބުކަމާއެކު ގުޅާލާފައެވެ.

މި ޓެސްޓު ދަތުރުގައި، މި އުޅަނދުން ގާތްގަނޑަކަށް 385 ކިލޯވޮޓް-އަވަރގެ ކަރަންޓު އުފައްދައި ގްރިޑަށް ފޮނުވާފައިވެއެވެ. މިއީ މި ނިޒާމުގެ އަސާސީ މަސައްކަތްތައް ހުރީ ރަނގަޅަށްކަން ސާބިތުކޮށްދިން މުހިންމު ކާމިޔާބީއެކެވެ.

ބެއިޖިންގްގެ "ލިނިީ ޔުންޗުއާން އެނާޖީ ޓެކްނޮލޮޖީ" އިން އުފައްދާފައިވާ މި އުޅަނދަކީ ބިމާ ކައިރީގައި ދައުރުވާ ވަޔަށްވުރެ ބާރުގަދަ އަދި އެއްވަރެއްގައި ހުންނަ ވައިގެ ބޭނުން ހިފުމަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މީގައި ހަރުކޮށޤފައިވާ ހީލިއަމް ބެލޫނެއްގެ އެހީގައި ވައިގެ ޓަރބައިންތައް ޖައްވުގެ ތެރެއަށް އުފުލައި، އެއިން އުފައްދާ ކަރަންޓު ބިމާ ގުޅިފައިވާ ކޭބަލެއްގެ ޒަރީއާއިން ތިރިއަށް ފޮނުވައިދެއެވެ.

ޗައިނާގެ އުދުހޭ އިންޖީނުގެ-- ފޮޓޯ/ ޔޫރޯނިއުސް

ގާތްގަނޑަކަށް 60 × 40 × 40 މީޓަރުގެ މި ބޮޑު އުޅަނދު ވައްތަރީ ވައިގެ ތެރޭގައި އޮންނަ ބޮޑު ބޯޓަކާއެވެ. މީގައި ގިނަ އަދަދެއްގެ ވައިގެ ޓަރބައިންތައް ހަރުކޮށްފައިވެއެވެ. މި ޓެކްނޮލޮޖީގެ މައިގަނޑު ބޭނުމަކީ ބިމާ ކައިރީގައި ވައި މަޑުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި، މަތީގައި ހުންނަ ބާރުގަދަ ވައިން ގިނަ އަދަދަކަށް ހަކަތަ އުފެއްދުމެވެ.

ޗައިނާގެ މި ކުންފުނިން ހާމަކުރާ ގޮތުގައި މި ނިޒާމަކީ ގާތްގަނޑަކަށް 3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ހުރި ނިޒާމެކެވެ. ނަމަވެސް މިހާރު ކުރިއަށްދާ ތަޖުރިބާތަކަކީ މައިގަނޑު ގޮތެއްގައި ނިޒާމު މަސައްކަތްކުރާ ގޮތް ބެލުމަށް ކުރެވޭ ތަޖުރިބާތަކެކެވެ.

ސައިންސްވެރިންނާއި ހަކަތައާ ބެހޭ މާހިރުން ދެކޭ ގޮތުގައި، މިގޮތަށް ވައިގެ ތެރެއިން ހަކަތަ އުފެއްދުމަކީ ބިން ބޭނުންކުރަންޖެހޭ މިންވަރު ކުޑަވުމާއި، ބާރުގަދަ، އެއްފަހަރާ ގިނައިން ހަކަތަ އުފެއްދޭނެ ވަރުގެ ވައި ލިބުން ފަދަ އެތައް ފައިދާތަކެއް ހުރި ކަމެކެވެ. ނަމަވެސް، މި ޓެކްނޮލޮޖީ އަދި މި އޮތީ އުފެއްދުމުގެ ކުރީ މަރުހަލާއެއްގައި ކަމުން، މިއީ ވިޔަފާރީގެ އުސޫލުން ދިގު މުއްދަތަކަށް ބޭނުންކުރެވިދާނެ އެއްޗެއްތޯ ބެލުމަށްޓަކައި، މޫސުމީ ބަދަލުތަކަށް ހޭނުވުމަށާއި، ސަލާމަތީ ކަންކަމުގެ އިތުރުން ގާނޫނީ އޮނިގަނޑުތަކަށް ބަލަންޖެހޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން މި ބޮޑު އުޅަނދު ސިޓީގެ މަތީގައި އުދުހޭ މަންޒަރު ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ބައެއް މީހުން މިއީ ކުރިމަގުގެ އުޅަނދެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި
21 Nov 2026 ދުނިޔެ

ޗައިނާގައި އިލެކްޓްރިކް ކާރެއް މުޅިރޭ ހުއްޓުމެއްނެތި 868 ފަހަރު ޕާކުކުރަން މަސައްކަތްކޮށްފި

އެ އިމާރާތުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކާރު ވަނީ މުޅިރޭ އެއްކޮށް ކުރިއަށާއި ފަހަތައް ޖެހި، ޕާކިންގް ޖާގައަށް އެންމެ ފުރިހަމައަށް ކާރު ވެއްދުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކޮށްފައެވެ.

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން
19 Nov 2026 ދުނިޔެ

ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ބޮޑަށް ބިނާވެފައިވަނީ ރަޝިޔާ، ޗައިނާ އަދި އެމެރިކާގެ މައްޗަށް: ޕުޓިން

ޕުޓިން މިހެން ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
19 Nov 2026 ދުނިޔެ

އޭޝިޔާ-ޕެސިފިކް ޤައުމުތަކަށް އެހީވުމަށް ޗައިނާއިން 20 މިލިއަން ޑޮލަރު ދޭން ނިންމައިފި

އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވުމުގެ ގޮތުން، 20 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެވެ.

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް
19 Nov 2026 ދުނިޔެ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިންމުމަށް ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް ބޭނުމެއް ނޫން: ޓްރަމްޕް

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށާއި، އީރާނުގެ އަސްކަރީ ބާރުތައް އެމެރިކާ ސިފައިން ވަނީ ބޮޑުތަނުން ބަލިކަށިކޮށްލާފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ
18 Nov 2026 ދުނިޔެ

ތާރީހީ ބައްދަލުވުމަކަށް ޓްރަމްޕް ޗައިނާއަށް؛ ޝީ އާއި ޕުޓިންއާއެކު މަޝްވަރާތައް މާދަމާ ފަށަނީ

ޓްރަމްޕް އަށް މަރުހަބާ ދެއްނެވުމުގެ ގޮތުން، ޗައިނާގެ ރައީސް ޝީ ވަނީ އެއާޕޯޓަށް ގޮސްފައެވެ. އެގޮތުން، މި ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝެރަރީޒް ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ އިތުރުން ކޮމާސް ސެކްރެޓަރީ ހަވާޑް ލަޓްނިކް ވެސް ބައިވެރިވާނެއެވެ.