ނޮޅިވަރަމާއި ކުޅުދުއްފުށި ބައްދަލުކުރިމެޗްގެ ތެރެއިން..
ނޮޅިވަރަމާއި ކުޅުދުއްފުށި ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު 06 Sep 2026 | 04:11

ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް

މުރައިދޫގައި ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ކުޅުދުއްފުށި ކުޅުނު ފުރަތަމަ މެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ.

މިފަހަރުގެ މުބާރާތުގައި ކުޅުދުއްފުށި ބައްދަލުކުރަން ޖެހުނީ ނޮޅިވަރަމާއެވެ. މިމެޗް ކުޅުދުއްފުށި ގެންގޮސްފައިވަނީ، 3-1 ގެ ނަތީޖާއިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ކުރިން ހީކުރި ގޮތާ ހިލާފަށް ގެންގޮސްފައިވަނީ ނޮޅިވަރަމުންނެވެ.

ނޮޅިވަރަމާއި ކުޅުދުއްފުށި ބައްދަލުކުރިމެޗްގެ ތެރެއިން..

ނޮޅިވަރަމުން ފުރަތަމަ ސެޓް ގެންގޮސްފައިވަނިކޮށް ކުޅުދުއްފުށިން ފަހު ތިން ސެޓްވެސް ގެންގޮސްފައެވެ. ދެވަނަ ސެޓް 25-23 ހުން ގެންދިޔައިރު، ތިންވަނަ ސެޓް ގެންދިޔައީ 25-19 އިންނެވެ. އަދި ފަހު ސެޓް ގެންދިޔައީ 25-20 އިންނެވެ.

މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި
24 Oct 2026 ހަބަރު

ދިޔަވި ލޯންޗު، އެމްއެންޑީއެފުން ސަލާމަތްކޮށްދީފި

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ
23 Oct 2026 ހަބަރު

ނޮޅިވަރަމްގެ ގިނަ ގެތައް ފެނުއަޑީގައި؛ ފެންގަނޑު ނުހިނދިގެން ސިފައިންގެ އެހީތެރިކަމަށް އެދިއްޖެ

ރަށު ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވުމުގެ ސަބަބުން ރަށުގެ ފަސް ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދިވެސް ފެންގަނޑު ހިންދިފައި ނުވާ ކަމަށެވެ. މި ނާޒުކު ޙާލަތުން އަރައިގަތުމަށްޓަކައި ކައުންސިލުން މިހާރު ވަނީ ސިފައިންގެ އެހީތެރިކަމަށްވެސް އެދިފައެވެ.