އިންޑިއާގެ ތެއޮ ސާފްކުރާ ކާރުހާނާއެއް... ފޮޓޯ: އީޓީ އޮޓޯ
އިންޑިއާގެ ތެއޮ ސާފްކުރާ ކާރުހާނާއެއް... ފޮޓޯ: އީޓީ އޮޓޯ
ދުނިޔެ 03 Jul 2026 | 09:59

ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި

ޔޫކްރެއިނުން ރަޝިޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުންނާއި ހޫނު މޫސުމުގައި ތެލަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކަނޑުމަގުން އިންޑިއާއިން ތެޔޮ އެތެރެކުރަން ރަޝިޔާއިން ފަށައިފިއެވެ. ރޮއިޓަސް ނިއުސް އެޖެންސީއިން މިކަން ރިޕޯޓްކޮށްފައިވަނީ ދެ މަސްދަރަކާ ހަވާލާދީ އެވެ.

މިހާރުވެސް އިންޑިއާއިން މަދުވެގެން 60,000 މެޓްރިކް ޓަނުގެ ތެޔޮ ރަޝިޔާއަށް ފޮނުވާފައިވާ ކަމަށް ރޮއިޓަރސްއިން ބުނެއެވެ. އަދި ކޮންމެ ބޯޓެއްގައި 30,000 އާއި 40,000 އާ ދެމެދުގެ އަދަދަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ ދެ ޓޭންކަރު މިހާރުވެސް ރަޝިޔާއަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ރަޝިޔާއިން ރާވަމުންދަނީ އެކި ޤައުމުތަކުން މަހަކު 400,000 މެޓްރިކް ޓަނުގެ ތެޔޮ އެތެރެކުރުމަށެވެ. މީގެ ތެރޭގައި އަވަށްޓެރި ބެލަރޫސްވެސް ހިމެނެއެވެ. ހޫނު މޫސުމުގައި ރަޝިޔާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 110,000 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވެސް ވަނީ ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވައި، ސަރުކާރުން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ތެޔޮ އެތެރެކުރުމަށް ލުއިތަކެއް ދިނުމަށް ރަޝިޔާގެ ޕާލިމަންޓުން ވަނީ ޓެކްސް ޤާނޫނަށް ބަދަލުތަކެއްވެސް ގެނެސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ. ޖޫން މަހުގެ ތެރޭގައި އިންޑިއާއިން ރަޝިޔާއިން އެތެރެކުރި ސާފުނުކުރާ ތެލުގެ މިންވަރު ވަނީ ރެކޯޑް އަދަދަކަށް މަތިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ
01 Nov 2026 ދުނިޔެ

މުޒާހަރާ ކުރުމަށްފަހު ވިޔަފާރިކުރޭ: ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ނޮވެމްބަރު 1 ގައި ދިއްލީގެ ރާމްލީލާ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު އިއްތިހާދުގެ ބޮޑު އެއްވުމާ ގުޅިގެން ވިޔަފާރިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޖަވާބެއް ދެއްވައިފިއެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް
21 Oct 2026 ދުނިޔެ

އިންޑިއާގެ ކޮއިމްބަތޫރުގެ ޝަބާނާ ހުޅުވައިދިނީ އަބާޔާލައި، ނިވާވެ ތިބެގެން ކަސްރަތު ކުރެވޭނެ ޖިމެއް

ދެކުނު އިންޑިއާގެ ޝަހަރެއް ކަމަށްވާ ކޮއިމްބަތޫރުގައި، މުސްލިމް އަންހެނުންނަށް ހިޖާބާއި އަބާޔާ ފަދަ ނިވާކަން ބޮޑު ހެދުމުގައި ތިބެ ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ ހާއްސަ ޖިމެއް ހުޅުވައިފިއެވެ. މިއީ އެ ސަރަހައްދުގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ޖިމެކެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި
15 Oct 2026 ދުނިޔެ

ކެނެޑާގެ ޚާރިޖީ ވަޒީރު އިންޑިއާގައި

އެމެރިކާ އާއި ކެނެޑާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕްގެ ސިޔާސަތުތަކާއެކު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކެނެޑާއިން އަންނަނީ އެހެން ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.