ޖާޒިއާގެ ކޯ-ފައުންޑާ ހަސަން ދިލްޝާން އަދި ނިޔާ އެކަޑަމީގެ ޖެނަރަލް ސެކެޓްރީ އައިޝަތު ޝާއިނާ
ޖާޒިއާގެ ކޯ-ފައުންޑާ ހަސަން ދިލްޝާން އަދި ނިޔާ އެކަޑަމީގެ ޖެނަރަލް ސެކެޓްރީ އައިޝަތު ޝާއިނާ
ކުޅިވަރު 18 May 2025 | 15:27

މުރައިދޫ އިންވިޓޭޝަނަލް ވެޓަރަންސް ވޯލީބޯޅަ ޓޯނަމެންޓް 2025 ގެ ކިޓްސް ޕާޓްނަރަކަށް ޖާޒިއާ

މުރައިދޫ އިންވިޓޭޝަނަލް ވެޓަރެންސް ވޮލީބޯޅަ ޓޯނަމެންޓް 2025 ގެ އޮފިޝަލް ކިޓްސް ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސައިފި އެވެ.

މުބާރާތުގެ ކިޓްސް ޕާޓްނަރާއެކު ވޮއިސް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖާޒިއާގެ ފަރާތުން ސޮއިކުރީ ކޯ-ފައުންޑާ ހަސަން ދިލްޝާން އެވެ. އަދި ނިޔާ އެކަޑަމީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކަޑަމީގެ ޖެނަރަލް ސެކެޓްރީ އައިޝަތު ޝާއިނާ އެވެ.

މި މުބާރާތަކީ ހއ.މުރައިދޫގެ "ނިޔާ އެކަޑަމީ"ގެ ފަރާތުން އިންތިޒާމުކޮށް ތިލަދުންމަތީގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިންނަށް، ވާދަވެރި އަދި އެކުވެރި މާހައުލެއްގައި އެކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އެ އެކަޑަމީގެ ފަރާތުން 35 އަހަރުން މަތީގެ މީހުނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

އެގޮތުން މިމުބާރާތުގައި މުރައިދޫގެ އިތުރުން ތިލަދުންމަތީގެ އިތުރު ނުވަ ރަށަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.

2019 ވަަނަ އަހަރު ފެށިގެން ރާއްޖޭގައި ކުޅިވަރު ސާމާނު ސަޕްލައިކުރަމުން އަންނަ ޖާޒިޔާއަކީ ދިވެހި އަމިއްލަ ބްރޭންޑެއްގެ ގޮތުގައި މި ޚިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ފަރާތެވެ. އަދި ޖާޒިޔާގެ ޚިދުމަތައް ހަ އަހަރުވެފައިވާއިރު، އަމިއްލަ ބްރޭންޑެއްގެ ގޮތުގައި ޖާޒިޔާ އިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލް ކޮމިއުނިޓީއަށް ޚާއްސަކޮށްގެން "ޕާމްއޭރޯ"ގެ ނަމުގައި ފުޓްސަލް ބޯޅައެއް ޑިޒައިންކޮށް، ޖާޒިޔާއިން ވަނީ މާކެޓައް ނެރެފައެވެ.

ޖާޒިއާއަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ސަޕްލައިކުރަމުން އަންނަ އެންމެ ފެންވަރު ރަނގަޅު ދިވެހި ބްރޭންޑަށްވުމުގެ އިތުރުން ޖާޒިއާގެ ޖާޒީ ޑިޒައިންތައް ތަފާތުވެފައި ކޮލިޓީ ވެސް ރަނގަޅެވެ. އަދި ޤައުމީ ޓީމުތަކުގެ ޖާޒީތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކަށް ޚާއްސަކޮށްގެން ފަރުމާކުރާ އަމިއްލަވަންތަ ޑިޒައިންތަކާއެކު ޖާޒިއާގެ ޚިދުމަތް މުޅި ރާއްޖެއަށް ވަނީ ފުޅާވެފައެވެ.

މީގެ އިތުރުން ޚިދުމަތުގެ ކޮލެޓީއާއެކު އަތްފޯރާފަށުގައި ކުޅިވަރު ސާމާނު ފޯރުކޮއްދިނުމުގައި ކުރު މުއްދަތެއްގެ ތެރޭގައި ޖާޒިއާ އިން ވަނީ ދިވެހި ކުޅިވަރު ކޮމިއުނިޓީގެ އިތުބާރު ހޯދާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.