އެސްޓީއޯ
އެސްޓީއޯ
ވިޔަފާރި 14 Feb 2024 | 05:33

31 ރަށެއްގައި، މަކިޓާ ޕަވަރ ޓޫލްސް ވިއްކަދޭނެ އޭޖެންޓުން އެސްޓީއޯއިން ހޯދަނީ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވަރ ޓޫލްސް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެސްޓީއޯއިން ކުރި އިއުލާނުގައި ބުނީ، އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ތިރީގައިވާ ރަށްތަކުން ކަމަށެވެ.

ހއ. ދިއްދޫ

ށ. ފުނަދޫ، މިލަންދޫ

ނ. ވެލިދޫ، މަނަދޫ

ރ. ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު

ބ. ތުޅާދޫ

ޅ. ނައިފަރު، ހިންނަވަރު

ކ. ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ

އއ. ރަސްދޫ، ތޮއްޑޫ

އދ. މަހިބަދޫ، މާމިގިލި

ވ. ކެޔޮދޫ

މ. މުލަށް، ދިއްގަރު، މުލި

ފ. ނިލަންދޫ

ދ. ކުޑަހުވަދޫ، މީދޫ

ތ. ތިމަރަފުށި، ވިލުފުށި

ލ. އިސްދޫ، މާވަށް

އެސް.ޓީ.އޯ އިން ވިއްކާ މަކިޓާ ޕަވަރ ޓޫލްސްގެ ބާވަތްތައް ވިއްކުމަށް ކޮންމެ ރަށަކުން ދެ އޭޖެންޓުން ނަގާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަދި އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއަރ ޝޯވރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތައް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެޖެންޓަކަށް ވުމަށް އެދިލައްވާ ފަރާތްތަކުން، 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަންފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެސްޓީއޯއިން ބުނީ، އެޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިނގް) އިން އަދި އެސްޓީއޯގެ ވެބްސައިޓް އިންވެސް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދޭ ރަށުގެ ނަމާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ޖެހެއެވެ.

މިކަމާއި ގުޅޭ އިތުރު އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، މަކިޓާ ހޮޓްލައިން 7980240 އަށް ގުޅަން އެސްޓީއޯ އިން އެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ
04 Oct 2026 ހަބަރު

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ގެންދަން މުހުލަތެއް, ނޫނީ ނައްތާލާނެ

އެސްޓީއޯ ސާވިސް ސެންޓަރަށް މަރާމާތަށް ގެނެސްފައިވާ ތަކެތި ނުގެންދާނަމަ ނައްތާލަން ނިންމައިފި އެވެ. އެ އިދާރާއިން މިއަދު ބުނީ އެސްޓީއޯ ސާވިސް ސެންޓަރަށް 31 އޮގަސްޓްގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރ...

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި
29 Sep 2026 ވިޔަފާރި

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ އަމުލް ބްރޭންޑު ރާއްޖެއަށް ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން އިންޑިއާގެ މަޝްހޫރު ކިރުގެ ބްރޭންޑެއް ކަމުގައިވާ އަމުލްގެ އުފެއްދުންތައް މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ....

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ
28 Sep 2026 ވިޔަފާރި

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައިވެސް އެސްޓީއޯ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ "ހޮޓެލް އޭޝިއާ އެގްޒިބިޝަން" ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވ...

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
27 Sep 2026 ވިޔަފާރި

ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ

މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ފެށޭ ހޮޓެލް އޭޝިއާ 2026 އެގްޒިބިޝަނުގައި ބައިވެރިވާނެކަން އެސްޓީއޯއިން ބުނެފިއެވެ. މި ފަހަރުގެ އެގްޒިބިޝަނުގައި އެސްޓީއޯގެ ސްޓޯލް ޚާއްޞަކޮށްފައި ވަނީ ޖެނެރަލް ޓްރ...

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި
24 Sep 2026 ހަބަރު

ތިލަފުށީ ބަނދަރުގެ ބިން ގަތުމަށް ތިން ކުންފުންޏެއް ގުޅިގެން އައު ކުންފުންޏެއް އުފައްދައިފި

މާލޭ ވިޔަފާރި ބަނދަރު ކ. ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ގަންނާނެ ފައިސާ ހޯދުމަށް އެމްޕީއެލް އާއި އެސްޓީއޯ އާއި އެޗްޑީސީ ޝެއާހޯލްޑަރުންގެ ގޮތުގައި ހިމެނޭ ކުންފުންޏެއް ސަރުކާރުން އ...

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
02 Sep 2026 ހަބަރު

އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި

ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނި...