ޣައްޒާއަށް ދިން ހަމަލާތަކުގައި 4 ކުޑަކުދިން ޝަހީދުކޮށްލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގައި ހުންނަ އަބޫ ސަމާކް ޢާއިލާގެ ގެއަށް އަމާޒުކޮށް އިސްރާއީލުން ދިން ނިރުބަވެރި ހަމަލާގައި 5 މީހުން ޝަހީދުކޮށްލައިފި އެވެ.
މި ހަމަލާގައި ޝަހީދުކޮށްލާފައިވަނީ މަންމައާއި އޭނާގެ 4 ދަރިންނެވެ.
މިމަހު 21 ވަނަދުވަހު ޣައްޒާގެ ސުކޫލަށްދިން ނިރުބަވެރި ހަމަލާގައިވެސް ވަނީ، 13 ކުޑަކުދިން ޝަހީދުކޮށްލާފަ އެވެ. ޔަހޫދީ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އަމާޒުކޮށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގައި މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށޮގެން މިހާރަނަށް 16،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.
މި ނިރުބަވެރި ހަމަލާތަކަށް އަހަރެއްވާން ކައިރިވެފައިވާއިރު މިހާތަނަށް 41،431 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި 95،818 މީހުންވަނީ ޒަހަމްކޮށްލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް