ޣައްޒާގެ މިސްކިތަށް ދިން ހަމަލާ
ޣައްޒާގެ މިސްކިތަށް ދިން ހަމަލާ
ދުނިޔެ 25 Aug 2026 | 05:58

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.

ނޫސް އިދާރާތަކާއި ސޯޝަލް މީޑިއާގައި ޢާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހަމަލާ ދިނުމާ އެކު މިސްކިތް ހުރި ސަރަޙައްދުން ކަޅު ދުންގަނޑެއް އެރިއެވެ. ޣައްޒާގައި ހުރި ތާރީޚީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި އެ މިސްކިތް ހިމެނޭ ކަމަށް ބެލެވެއެވެ.

މި ހަމަލާގައި ޣައްޒާގެ ބައެއް ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ވެސް ހޯމަ ދުވަހު ވަރުގަދަ ހަމަލާތަކެއް އަމާޒުވެފައިވެއެވެ. ރޮއިޓާޒްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބުރޮޖް ރެފިއުޖީ ކޭމްޕެއްގައި ގެއަކަށް ދިން ހަމަލާއެއްގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައިވެއެވެ. އަދި ޚާން ޔުނިސްގެ މަގެއްގައި ދިން ހަމަލާއެއްގައި އިތުރު ފަލަސްޠީނު ރައްޔިތަކު ނިޔާވެފައިވެއެވެ.

ހަމަ އެ ދުވަހު ކުރީކޮޅު ދެއިރް ބަލަޙުގެ ފޭލިގެއަކަށް ދިން ހަމަލާއެއްގައި އެކަކު ނިޔާވެ އިތުރު މީހަކު ޒަޚަމްވި ކަމަށް ޞިއްޙީ ޚިދުމަތްތެރީން ބުނެފައިވެއެވެ.

ޣައްޒާއިން އިސްރާއީލު މީހުން އުޅޭ ސަރަހައްދަށް ގުޑި އަރުވާތީވެސް  އިސްރާއީލުގެ ވެރީން ވަނީ އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ހަފްތާ ބަންދުގައި ޣައްޒާ ބޯޑަރު ކައިރީ އޮންނަ އިސްރާއީލުގެ އާބާދީއެއްގެ ތެރެއިން ގުޑިތަކެއް ފެނުނު ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފައިވެއެވެ. "މި ކަމަށް ނިމުމެއް ގެނައުމަށް ވަރުގަދަ ފިޔަވަޅުތައް އެޅޭނެ" ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކެޓޒް ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އޮތީ ހަމަލާ ދޭނެ އަމާޒުތަކުގެ ލިސްޓެއް ތައްޔާރުކޮށްފައި ކަމަށް އިސްރާއީލު މީޑިއާ ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާގެ ތާރީޚީ ތަރިކަތައް ހަލާކުކޮށްލެވެމުންދާ އިރު އެ ސަރަޙައްދުގެ ޢާންމު ރައްޔިތުންގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަން ޣައްޒާއިން ލިބޭ ރިޕޯޓުތަކުން ހާމަވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ
13 Oct 2026 ދުނިޔެ

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
06 Oct 2026 ދުނިޔެ

ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި

ހުޅަނގު އައްސޭރީގެ ފަލަސްތީނު އަވަށެއް ކަމަށްވާ، ފަސާޔިލްގެ ފަލަސްތީނު ދަނޑުވެރިއެއްގެ އަމިއްލަ ބިމުގައި އޮންނަ ފެން ރައްކާކުރާ ތަނެއް "ހެރޮޑްސް ޕޫލް"ގެ ނަމުގައި ތަރައްގީކުރުމުގެ މަސައްކަތް އިސްރާއީލު...

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި
02 Oct 2026 ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި 105 މީހެއްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ޢުދުވާނީ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 105 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ހޯދައި، އެމީހުންގެ ޖަނާޒާ ބާއްވައި ފަސްދާނުލައިފިއެވެ. ފަލަސްތީނުގެ ރަސްމީ...

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި
28 Sep 2026 ދުނިޔެ

ސިއްރު ދަތުރެއްގައި ނަތަންޔާހޫ ޔޫއޭއީގެ ރައީސާ ބައްދަލުކޮށްފި

ޣައްޒާގައި ބޮޑު ޤަތުލުޢާއްމެއް ހިންގަމުންދާ އިސްރާއީލުގެ ބޮޑުވަޒީރު، ނިރުބަވެރި ބެންޖަމިން ނަތަންޔާހޫ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީއަށް ގޮސް އެ ޤައުމުގ...

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި
28 Sep 2026 ކުޅިވަރު

ޣައްޒާގެ ޤަތުލުޢާންމާ ދެކޮޅަށް އަޑުއުފުލުމަށް އަޔަލެންޑްގެ ކީޕަރު ސްކޮޑުން ވަކިވިއިރު، ޓީމުން އިސްރާއީލާ ދެކޮޅަށް ނުކުތީ ކަޅު ބޭންޑުގައި

ހަންގޭރީގެ ނަގްޔެރްދޭ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުގައި، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާ ދެކޮޅަށް އަޔަލެންޑްގެ ޤައުމީ ފުޓްބޯޅަ ޓީމުން ހިމޭން އިހ...

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން
26 Sep 2026 ހަބަރު

އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި: ފަލަސްތީން

އދ. ގެ ތެރެއިން ފަަލސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި ކަމަށާއި މިކަމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާ އަދާކުރުމަށް އެ އިދާރާގައި ހުންނަ ފަލަސްތީނުގެ މިޝަނުންގޮވާލައިފިއެވެ. އ...