ބާމިޔާތޮޅިއަކީ އޭގައި ވަރަށް ގިނަ ފައިދާތެކެއް އެކުލެވޭ ތަރުކާރީގެ ބާވަތެއް/ފޮޓޯ: އިންޓަރނެޓް
ބާމިޔާތޮޅިއަކީ އޭގައި ވަރަށް ގިނަ ފައިދާތެކެއް އެކުލެވޭ ތަރުކާރީގެ ބާވަތެއް/ފޮޓޯ: އިންޓަރނެޓް
ލައިފްސްޓައިލް 18 Jul 2025 | 04:00

ބާމިޔާތޮޅި: މިތަރުކާރީން ލިއްބައިދޭ ފައިދާތައް އެނގޭތަ؟

ލިޔުންތެރިޔާ

ޢާއިޝަތު ނީޝާން

ދިވެހީންގެ ތެރޭގައި މަޤުބޫލު ބާމިޔާތޮޅި ނުވަތަ ލޭޑީޒް ފިންގަރއިން ހަށިގަނޑަށް ލިއްބައިދޭ ފައިދާތައް އިނގޭތަ؟ އާންމުކޮށް ދިވެހިން ބާމިޔާތޮޅި ބޭނުންކުރަނީ ފިޔާ އަދި މިރުސް ލައި ފްރައި ކޮށްލައިގެންނެވެ. މީގެ އިތުރުންވެސް މިތަރުކާރީ ބޭނުންކޮށްގެން ހަށިގަނޑަށް ފައިދާހިރު މީރު ކާތަކެތި ތައްޔާރުކޮށް އަދި އިތުރު އެހެން ގޮތްގޮތަށްވެސް ބޭނުންކުރެވޭނެއެވެ.

ބާމިޔާތޮޅިއަކީ އޭގައި އެތައް ބައިވަރު ސިއްހީ ފަރުވާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމަށާއި، އިސްތަށިގަނޑާއި، ލޯ އަދި ހަމުގެ ދުޅަހެޔޮކަމަށް ބާމިޔާތޮޅި އަކީ ވަރަށް ރަނގަޅު ތަރުކާރީއެކެވެ. މީގެ އިތުރުން ހިތާއި ހަޖަމުކުރާ ނިޒާމުގެ ދުޅަހެޔޮކަމަށްވެސް ވަރަށް ރަނގަޅު ތަރުކާރީއެކެވެ.

ބާމިޔާތޮޅިއަކީ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ ގެ އިތުރުން ފޮލޭޓް، ކެލްސިއަމް، މެގްނީސިއަމް އަދި ފައިބަރ އިން މުއްސަނދިވެފައިވާ ތަރުކާރީ އެކެވެ. މިތަރުކާރީއަކީ ކެލަރީ މަދު ތަރުކާރީއެއްކަމުން ބަރުދަން ލުއިކުރުމަށްވެސް ކެއުމުގައި ހިމަނާލަން މިއީ އެއްވަނައިގެ ތަރުކާރީއެކެވެ.

ހަޖަމުކުރާ ނިޒާމާއި ހިތުގެ ސިއްޚަތު ރަނގަޅު ކުރުމަށް އެހީވެދޭ

ބާމިޔާތޮޅީގައި ހިމެނޭ ފައިބަރގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. މީގެ ސަބަބުން ފަސޭހަ ކަމާއެކު ކާއެއްޗިހި ހަޖަމުވެ، ބަނޑުހަރުވުން ދުރުކޮށް، އަދި ބަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަދި ގޭސްވުމާއި ބަނޑުން ދިލަނެގުން ފަދަ ކަންކަމުންވެސް ލުއި ލިއްބައިދެއެވެ. އަދި ކާއެއްޗިހީގެ ފައިދާހުރި މާއްދާތައް ފަސޭހަކަމާއެކު ހަށިގަނޑަށް ފޯރުކޮށްދިނުމަށްވެސް އެހީވެދެއެވެ. އަދި މި ފައިބާރގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. މީގެ އިތުރުން ބާމިޔާތޮޅީގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ދުޅަހެޔޮކަންމަތީ ގިނަދުވަހު ދެމެހެޓުމަށް އެހީވެދެއެވެ. ސްޓްރޯކް ޖެހުމާއި، ހިތުގެ އެހެނިހެން ބަލިތަކުން ރައްކާތެރިވުމަށްވެސް ކެއުމުގައި ބާމިޔާތޮޅި ހިމަނާލުން ވަރަށް މުހިއްމެވެ.

ލޭގެ ހަކުރު އެއްހަމައެއްގައި ހިފެހައްޓައިދިނުމުގެ އިތުރުން ކެންސަރަށް މަގުފަހި ވުމުން ދުރުކޮށްދޭ

ރީސާރޗްތަކުން ދައްކާގޮތުގައި ބާމިޔާތޮޅީގެ ސަބަބުން ލޭގައި ހަކުރު މިންވަރު ދަށްކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ. މީގައި ހިމެނޭ ފައިބާރގެ ބާވަތުން ގޮހޮރުގެ ތެރެއިން ލެޔަށް ހަކުރު ނަގާދޭ މިންވަރު ދަށްކޮށްދެއެވެ. އެހެންކަމުން، ބާމިޔާތޮޅިއަކީ ހަކުރު ބަލި ތަހައްމަލު ކުރަމުންދާ މީހުން ކެއުމުގައި ހިމަނާލަން ވަރަށް ރަނގަޅު ތަރުކާރީ އެކެވެ. އަދި މީގެ އިތުރުން ބާމިޔާތޮޅީއަކީ ޕޮލީފެނޯލް އެންޓިއޮކްސިޑަންޓްސް، ވިޓަމިން އޭ، ވިޓަމިން ސީ އަދި ލެކްޓިނުން މުއްސަނދި ތަރުކާރީއެކެވެ. ލެކްޓިންއަކީ ކެންސަރަށް މަގުފަހިވާ ސެލްތައް ނައްތާލުމަށް އެހީވެދޭ މާއްދާއެކެވެ. މިކަމަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ކެއުމުގައި ބާމިޔާތޮޅި ބޭނުންކުރުމުގެ ސަބަބުން ކެންސަރު ޖެހިފައިވާ ސެލްތަކުގެ 63% ވަނީ ނެތިގެން ގޮއްސައެވެ.

ފޮޓޯ: އިންޓަރނެޓް

މާބަނޑު އަންހެނުންނަށް ފައިދާގިނަ

ބާމިޔާތޮޅީގައި ހިމެނޭ ފޮލޭޓް މި މާއްދާއަކީ މާބަނޑު އަންހެނުންނާއި ބަނޑުގައިވާ ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. 1 ޖޯޑު ބާމިޔާތޮޅީގައި ކެއުމުގައި ދުވާލަކަށް ބޭނުންވާވަރަށް ފޮލޭޓް ހިމެނެއެވެ. މަބަނޑުއަންހެނުން ކެއުމުގައި ފޮލޭޓް ހިމެނުމުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި އާއި މައިބަދަ ދުޅަހެޔޮކަންމަތީ ހެދިބޮޑުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ލޮލާއި، އިސްތަށިގަނޑު އަދި ހަމުގެ ދުޅަހެޔޮކަމަށް ޚާއްސަ

އިންސާނާގެ ލޮލުގެ ސިއްޚަތު އަދި ހަންގަނޑު ދުޅަހެޔޮކަންމަތީ ގިނަ މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި، ބާމިޔާތޮޅީގައި ހިމެނޭ ވިޓަމިން ކޭ އަދި ބީޓާ-ކެރޮޓީން ވަރަށް ބޮޑުދާއުރެއް އަދާކުރެއެވެ. އަދި މީގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށް، އިސްތަށި ފޭބުމުން ދުރުކޮށްދެއެވެ. އަދި މީގެ އިތުރުން، ބޮލުން ހަންފޮޅުމާއި، އިސްތަށިގަނޑު ހިކި، އިސްތަށި ދެކަފިވުމަށްވެސް ބާމިޔާތޮޅިއަކީ ހައްލެކެވެ.

ސިއްޙީ ފައިދާ ލިބިގަތުމަށް ބާމިޔާތޮޅި ބޭނުން ކުރެވިދާނެ ގޮތްތަކެއް

1) އާވިން ކައްކައިގެން: ތެލުގައި ފްރައި ކުރުމުގެ ބަދަލުގައި އާވިން ކައްކާލުމުން ތޮޅީގެ ފައިދާ އޭގެ އެންމެ ފުރިހަމައަށް ލިބޭނެއެވެ. އާވިން ކައްކާލުމަށްފަހު ކެއުމުގައި ބޭނުންކުރާށެވެ.

ފޮޓޯ: އިންޓަރނެޓް

2) ބާމިޔާތޮޅިގެ ފެން – 6 ބާމިޔަތޮޅި، ކުދިކޮށް ކޮށާފައި 2 ތަށި ފެނުގެތެރެއަށް އެޅުމަށްފަހު، 24 ގަޑި އިރު ރެފްރިޖިރޭޓަރ ގައި ބަހައްޓާށެވެ. އެއަށްފަހު ފެންފޮދު ފުރާނާލުމަށްފަހު ރެފްރިޖިރޭޓް ކޮށްފައި 3 ދުވަސް ވަނދެން ބެހެއްޓޭނެއެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށްފަހު ހުސްބަނޑާ ހުރެ މީގެ 1 ފެންތަށި ބޯލާށެވެ.

3) ހަނާކުރި ބާމިޔާތޮޅި:

ބޭނުންވާނެ ތަކެތި

· 1 މސ. ޒައިތޫނި ތެޔޮ

· 1 ފިޔާ (ކުޑަ)

· 2 ލޮނުމެދު

· ހިކަނދިފަތް އަދި ރާނބާފަތް

· 1 މިރުސް

· 2 ޖޯޑު ބާމިޔާތޮޅި

· 1 ޖޯޑު ޓޮމާޓޯ

· ½ ޖޯޑު ވަޅޯ މަސް

· 2 މސ. ލުނބޯހުތް

· ލޮނު އަދި އަސޭމިރުސް (ރަހަ ލާ ވަރަށް)

ފޮޓޯ: އިންޓަރނެޓް

ތައްޔާރުކުރާނެ ގޮތް

1) ތެއްޔަކަށް ޒައިތޫނި ތެޔޮކޮޅު އަޅާލުމަށްފަހު، ހޫނުވުމުން، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް، އަދި މިރުސް ތެއްޔަށް އަޅާ، މީރުވެލަންދެން މަޑުގިނީގައި ކައްކާލާށެވެ.

2) ފިޔާ މިރުސް ކޮޅު ރަނގަޅަށް ކެކުމުން، ބާމިޔާތޮޅި ކޮޅު ތެއްޔަށް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު މަތިޖަހައިގެން ކައްކާލާށެވެ. ކޮންމެ 2 މިނިޓަކުން މަތިނަގާ ރަނގަޅަށް އެއްކޮށްލާށެވެ.

3) 5 މިނިޓް މިހެން ކެއްކުމަށްފަހު ކޮށާފައި ހުރި ޓޮމާޓޯ، ވަޅޯ މަސް އަދި ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް އަޅާ އެއްކޮށްލުމަށްފަހު އިތުރު 5 މިނިޓް ކައްކާލާށެވެ.

3) 5 މިނިޓް ކެއްކުމަށްފަހު، ލުންބޯހުތް އަޅާ މިކްސް ކޮށްލާށެވެ. އަދި މަތި ޖަހައިގެން މިނެޓެއްހާއިރު މަޑުގިނީގައި ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ.

ބަތާ އެކު ކާލުމަށް ވަރަށް މީރުވާނެއެވެ.

ހަކުރުބަލީގެ ފަރުވާގެ އިތުރުން، ކަށީގެ ދުޅަހެޔޮކަމާއި، ލޮލާއި އިސްތަށިގަނޑާއި، ހަމުގެ ދުޅަހެޔޮ ކަމަށްވެސް ވަރަށް ގިނަގުނަ ފައިދާތަކެއް ބާމިޔާތޮޅިން ލިބެއެވެ. ކެއުމުގައި ބާމިޔާތޮޅި ހިމަނާލައިގެން ދުޅަހެޔޮ ސިއްހަތެއް ފަސޭހަކަމާއިއެކު ހޯދުމަށް އޮތް ފުރުސަތު ގެއްލުވާނުލާށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...