ކުޑަފުއްޓާއި މީދުއްޕަރު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ކުޑަފުއްޓާއި މީދުއްޕަރު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ކުޅިވަރު 11 Aug 2024 | 00:25

ކުޑަފުށި އަތުން ބަލިވެ މީދުއްޕަރު މުބާރާތުން ކަޓައިފި

ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި ހޮނިިހިރު ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް އޭގެ  މީދުއްޕަރު މޯލްޑިވްސް އާއި ކުޑަފުށި ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން ކުޑަފުށި ކާމިޔާބުކުރި އިރު، ކުޅުނު ތިން މެޗުން ވެސް ބަލިވެ މީދުއްޕަރު މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި ކުޑަފުށިން ކުޅުނު ފުރަތަމަ މެޗުގައި ޖޯލި ބީންގ އަތުން ތިން ސެޓު އެއް ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މާމުނަގައު ބަލިކޮށްފައެވެ. އަދި މީދުއްޕަރުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން، މާމުނަގައު އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ޖޯލި ބީންގ އަތުން، އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުޅި މެޗުގައި ވެސް ކުޑަފުށީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 19 ޕޮއިންޓްގެ ފަރަގަކާއެކު 6-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ސެޓުގައި ވެސް މީދުއްޕަރުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓު ކުޑަފުށިން ކާމިޔާނުކުރީ 13 ޕޮއިންޓްގެ ލީޑަކާއެކު 12-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި މީދުއްޕަރުން އެޓީމުގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކުރި ނަމަވެސް މިސެޓް ވެސް ކުޑަފުށިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 16-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަފުށީގެ ދިމުތޫ ޕްރަ

މެޗުގެ ފުރަތަމަ ސެޓުގައި ޖޯލި ބީންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 18 ޕޮއިންޓްގެ ލީޑަކާއެކު 07-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓްގައި މީދުއްޕަރުން ކޮންމެވެސް ވަރަކަށް ކުޅެވޭތޯ މަސައްކަތްކުރި ނަމަވެސް މިސެޓުވެސް ޖޯލިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 14-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މި މުބާރާތަކީ މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށް، މި އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

އެގޮތުން ގުރޫޕް އޭގައި އެންމެފަހުގެ ޗެންޕިއަން ޖޯލި ބީންގ އާއި ރަނަރަޕް ކުޑަފުށީގެ އިތުރުން ދެން ހިމެނެނީ މީދުއްޕަރު އަދި މާމުނަގައު އެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ ރީތިފަރު، ފާރުފުށި، ޖޯލި މޯލްޑިވްސް އަދި ހެރިޓެންސް އާރަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް މައިލޯ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.