07 Feb 2024
ލަސްނުވެ ރާއްޖެއިން ދުބާއިގެ މަންޒަރުތައް ފެންނާނެ: ޝަރީފު
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް ރާއްޖެ ޢުމްރާނީ ގޮތުން ތަރައްގީވެ މާ ގިނަ ދުވަހެއް ނުވެ، ރާއްޖޭގެ އެކި ހިސާބުތަކުން ދުބާއީގެ މަންޒަރުތައް ފެންނަމުންދާނެ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.