ވޭމަންޑޫ ބައްދަލުވުމައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Sep 2023 | 13:16
ވޭމަންޑޫއާއި ކިނބިދޫ ބިން ހިއްކައި، ދެ ރަށް ގުޅާލާނަން: މުޢިއްޒު

ތ. އަތޮޅު ވޭމަންޑޫ އާއި ކިނބިދޫގެ ބިން ހިއްކައި، އެ ދެ ރަށް ގުޅުވާލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނަށް ތ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ވޭމަންޑޫއަށް ވަޑައިގެން އެރަށު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން އެމަނިކުފާނަށް ކާމިޔާބު ކޮށްދެއްވުމުގައި ވޭމަންޑޫއިން ފުރިހަމަ ނަތީޖާ އެއް ނެރެދޭނެ ކަމަށެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، ވޭމަންޑޫ އަކީ ތަރައްގީއަށް ލޯބިކުރާ، ގިނަ މަޝްރޫއުތަކެއް ހިންގޭނެ އިގްތިޞާދީ ގޮތުން ވެސް ކުރިއަށް ދިޔުމުގެ ފުރުޞަތު އޮތް ރަށެއް ކަަމަށެވެ. 

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ވޭމަންޑޫ އާއި އެ ސަރަހައްދުގެ ތަރައްގީ އަށް އިސްކަންދެއްވިކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ، ވޭމަންޑު އާއި ކިނބިދޫ ގުޅުވާލުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި، އެއީ ރައީސް ޔާމީންވެސް 2018ގެ ވައުދެއްވެސް ކަމަށެވެ.

"މިރަށާއި ކިނބިދޫއާއި ގުޅުވާލުން، އެއީ ތި ބޭފުޅުން (ވޭމަންޑޫ ރައްޔިތުން) ބޭނުންފުޅުވާ ގޮތަށް. އަދި ރައީސް ޔާމީން ވެސް 2018ގައި ވިދާޅުވެފައިވާގޮތަށް ގުޅުމަކީ އަޅުގަނޑުމެންގެވެސް ސިޔާސަތު، އެހެންވީމަ އިރާދަކުރެއްވިއްޔާމުން، އެ ދެރަށް ގުޅާލަދޭނެ ވާހަކަ ދަންނަވަން."

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު ވިދާޅުވީ ދެ ރަށް ގުޅުވާލުމުގެ މަޝްރޫއުއާއި އެކީގައި ދެ ރަށުގައިވެސް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަަމަށެވެ. އަދި އެއީ އިގްތިޞާދީ ގޮތުން ނަފާވާނެ މަޝްރޫއު އަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"އޭގެން އިތުރުވާ ބިމަކީ އިގްތިސޯދީ ގޮތުން މިރަށު ޒުވާނުންނާއި އެކި އުމުރު ފުރައިގެ އެކި ކަހަލަ މަންފާތައް ހޯދަން ލިބޭ ޖާގަ، އިގްތިސޯދީ މަސައްކަތްތައް ކުރިއަށްގެންދަން، ގެދޮރުވެރިކަމަށްޓަކައި ބޭނުންވާ، ގޯއްޗާއި ހައުސިންގ މަޝްރޫއުތައް ހިންގަން ލިބޭ ޖާގަ. އެހެންވީމާ ކުރިއަށް ފެނިގެން ދާނީ ވަރަށް އުޖާލާ ދުވަސްތަކެއް. 

ޑރ. މުހައްމަދު މުޢިއްޒު 

"މި ޖާގަ އަކީ، މުސްތަގުބަލުގައި ރާއްޖޭއަށް، ރާއްޖޭގެ ބިން އިތުރު ކުރަމަށް އަޅުގަނޑުމެން ހަދާފައިވާ މާސްޓާ ޕްލޭން އަށްވެސް މުހިންމު ސަރަހައްދެއް. ދުރުރާސްތާ އަށްވެސް ވަރަށް މުހިންމު. އެހެންވީމާ މި ދެރަށް ގުޅާލުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއްގެ ގޮތެއްގެ ގޮތުގައި، އެއީ ހަރަދަކަށްވުރެ ނަފާ އަނބުރާ ލިބޭ ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ." މުޢިއްޒު ވިދާޅުވިއެވެ. 

އެ މަޝްރޫއު ތަކުގެ އިތުރުން މުއިއްޒުގެ ވެރިކަމެއްގައި ވޭމަންޑޫ އަށް ކޮށްދޭނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމަކީ؛ 

1) މަގުތައް ތާރު އަޅައިގެން ޒަަމާނީ ފެންވަރަށް ތަރައްޤީކުރުން 

2) ރަނގަޅު ފެންވަރެއްގެ ބޮޑު ބަނދަރެއް

3) ހޮސްޕިޓަލް ރަނގަޅަށް ފެންވަރަކަށް ބަދަލު ކުރުން

4) ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅުމުގެ ފުރުސަތުތައް

5) ޒަމާނީ ފެންވަރުގެ ރީތި ބޮޑު މިސްކިތެއް

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.