ބޭރު ދުނިޔޭގެ ކުޅިވަރު
17 Dec 2024
ސީއޭއެފްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލުކްމަންއަށް
ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) ގެ 2024 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އަޑެމޯލާ ލުކްމަން ހޯދައިފިއެވެ.
16 Dec 2024
ލަމީން ޔަމާލްއަށް އަނިޔާ ބާސެލޯނާއަށް އިތުރު ނުތަނަވަސްކަމެއް
ސްޕެނިޝް ލަލީގާގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާގެ އިތުރުބާ ފޯވާޑް ލަމީން ޔަމާލަށް އަނިޔާވެ ތިނެއް ނޫނީ ހަތަރު ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިފައިވާކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
16 Dec 2024
2021 ވަނަ އަހަރުގެ ފަހުން ޗެލްސީ އިން ފުރަތަމަ ފަހަރަށް ބްރެންޓްފޯޑް ބަލިކޮށްފި
އިގިރޭސޮ ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ލީގު ތާވަލުގެ ދެވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
16 Dec 2024
އަމިއްލަ ދަނޑުގައި ވާދަވެރި ޔުނައިޓެޑް އަތުން ސިޓީ ބަލިވެއްޖެ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ޗެންޕިއަން މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ ފަސްވަނައަށް ވެއްޓިއްޖެއެވެ.
13 Dec 2024
ޔުއެފާގެ 54 ގައުމާއެކު 2026 ވަނަ އަހަރުގެ ވޯޑްކަޕް ކޮލިފައިން ގުރުލުން ބާއްވައިފި
2026 ވަނަ އަހަރު އެމެރިކާގެ އިތުރުން ކެނަޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޔުއެފާ ކޮލިފައިންގެ ގުރުލުން މިއަދު ބާއްވައިފިއެވެ.
12 Dec 2024
ޓޮރޭސްގެ ދެލަނޑާއެކު ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ ދެވަނައަށް
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށްޖެހިލައިފިއެވެ.
12 Dec 2024
ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ޔުވެންޓަސް އިން ސިޓީ ބަލިކޮށްފި
ޔުއެފާ ޗެންޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ 2-0 ގެ ނަތީޖާއަކުން ބަލިކޮށް ޔުވެންޓަސް އިން މުބާރާތުގެ ގަދަ އަށެއްގެ އުންމީދު ދަމަހައްޓައިފިއެވެ.
12 Dec 2024
ސަކާގެ މޮޅު ކުޅުމާއެކު މޮނާކޯ އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް
ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށްޖެހިލައިފިއެވެ.