ޑޭވިޑް އެންޗެލޮޓީ (ކ) ބައްޕަ ކާލޯ އެންޗެލޮޓީ އާއެކު
ކުޅިވަރު
07 Jul 2025 | 11:35
ބޮޓަފޯގޯގެ ކޯޗަކަށް ޑޭވިޑް އެންޗެލޮޓީ

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކުރި ބްރެޒިލްގެ ޗެންޕިއަން ބޮޓަފޯގޯގެ ކޯޗަކަށް ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީގެ ދަރި ޑޭވިޑް އެންޗެލޮޓީ ހަމަޖައްސައިފިއެވެ.

އެންމެ ފަހުގެ ކޯޕާ ލިބަޓަޑޯރެސް އަދި ބްރެޒިލިއަން ސެރީ އޭގެ ޗެމްޕިއަންސް ބޮޓަފޮގޯ ކުލަބް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ވާދަވެރި ޕަލްމެއިރަސް އަތުން ބަލިވެ މުބާރާތުން ކެޓުމާއެކު އެޓީމުން ވަނީ ކޯޗު ރެނާޓޯ ޕައިވާ މަޤާމުން ވަކިކޮށްފައެވެ. 

މީގެ ކުރިން ކޯޗިންގެ ކެރިއަރުގައި ޑޭވިޑް އެންޗެލޮޓީ އެއްވެސް ކުލަބެއްގެ ހެޑްކޯޗެއްގެ ގޮތުގައި މަސަކަތްކޮށްފައި ނުވި ނަމަވެސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ބައްޕަ ކާލޯ އެންޗެލޮޓީ އާއެކު އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބިތަކެއް ހޯދާފައެވެ. 

އުމުރުން 35 އަހަރުގެ ޑޭވިޑް އެންޗެލޮޓީގެ ކޯޗިން ކެރިއަރު ފަށާފައި ވަނީ 2018 ވަނަ އަހަރު ނަޕޯލީ އިންނެވެ. އަދި 2019 ވަނަ އަހަރު އެވަޓަންގައި މަސައްކަތް ކުރުމަށްފަހު 2021 ވަނަ އަހަރުން ފެށިގެން މިސީޒަނުގެ ނިޔަލަށް އޭނާ މަސައްކަތްކުރީ ރެއާލް މެޑްރިޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އަދި ޑޭވިޑް އެންމެ ފަހުން މަސައްކަތްކުރީ ބައްޕަ ކާލޯ އެންޗެލޮޓީއާއެކު ބްރެޒިލްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.