ބޭރު ދުނިޔޭގެ ކުޅިވަރު
18 Jan 2025
ކުލައިވެޓްގެ ހެޓްރިކާއެކު ބޯންމައުތުން ނިއުކާސަލް ބަލިކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބޯންމައުތުން ލީގު ތާވަލުގެ ފަސްވަނައަށް ކުރިއަށްޖެހިލައިފިއެވެ.
17 Jan 2025
ފަހަތުން އަރައި ސައުތުހެމްޓަން އަތުން މޮޅުވެ ޔުނައިޓެޑް 12 ވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ލީގު ތާވަލުގެ 12 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
16 Jan 2025
ތަފާތުބޮޑު ނަތީޖާއަކުން ބެޓިސް ބަލިކޮށް ބާސެލޯނާ އިން ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފި
ކޮޕާ ޑެލް ރޭ ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
16 Jan 2025
ވާދަވެރި ކުޅުމަކަށްފަހު އާސެނަލް އިން ޓޮޓެންހަމް ބަލިކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
15 Jan 2025
ރަށުން ބޭރުގައި ފޮރެސްޓް އަތުން ލިވަޕޫލް ސަލާމަތްކޮށްދިނީ ޖޯޓާ
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
15 Jan 2025
ޗެލްސީ އާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު
އިގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެލްސީއާއި ދެކޮޅަށް ބޯންމައުތު ކުޅުނު މެޗުގެ އިތުރު ވަގުތު ތެރޭގައި ޗެލްސީން ކާމިޔާބުކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
13 Jan 2025
ރެއާލް ލަދުގަންނަވާލުމަށްފަހު ބާސެލޯނާ އިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފި
ސްޕެނިޝް ސްޕަކަޕް ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑް ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
07 Jan 2025
ވާދަވެރި ކުޅުމަކަށްފަހު އިންޓަ ބަލިކޮށް އޭސީ މިލާން، އިޓާލިއަން ސުޕަރކަޕް ކާމިޔާބުކޮށްފި
އިޓާލިއަން ސުޕަރ ކަޕް ފައިނަލްގައި އެންމެފަހުގެ ޗެންޕިއަން އިންޓަ މިލާން ދެލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ފަަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އޭސީ މިލާން ޗެންޕިއަންކަން ހޯފައިފިއެވެ.