ބޭރު ދުނިޔޭގެ ކުޅިވަރު
24 Jun 2024
ފަހުވަގުތު ޖަރުމަން ސަލާމަތްކޮށްދިނީ ފުލްކުރޫގް
ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އޭގައި މިރޭ ޖަރުމަނާއި ސްވިޒަލޭންޑް ވާދަކުރި މެޗުގެ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޖަރުމަނުން ކަށަވަރުކޮށްފިއެވެ.
23 Jun 2024
ރޫމޭނިއާ ބަލިކޮށް ބެލްޖިއަމް ގުރޫޕްގެ ދެވަނައަށް
ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ އީގައި ބެލްޖިއަމް އާއި ރޫމޭނިއާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބެލްޖިއަމް އިން ގުރޫޕްގެ ދެވަނައަށް ކުރިއަށްޖެހިލައިފި އެވެ.
23 Jun 2024
ބާކީ އެއްމެޗު އޮއްވައި ޕޯޗުގަލް އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި 3-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް ބާކީ އެއްމެޗު އޮއްވައި ޕޯޗުގަލް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
22 Jun 2024
ލިބުނު ފުރުސަތުގެ ބޭނުންނުކުރެވި ޖޯޖިއާއި ޗެކް ރިޕަބްލިކްގެ ކުރިމަތިލުން އެއްވަރު
ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި ޗެކް ރިޕަބްލިކާއި ޖޯޖިއާ ވާދަކުރި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
22 Jun 2024
ފްރާންސްއާއި އެއްވަރުވެ، ގުރޫޕްގެ އެއްވަނަ މަގާމު ނެދަލޭންސް އިން ދިފާއުކޮށްފި
ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް ޑީގައި ފްރާންސް އައި ނެދަލޭންޑްސް ވާދަކުރި މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެ ގުރޫޕްގެ އެއްވަނަ މަގާމު ނެދަލޭންޑްސް އިން ދިފާއުކޮށްފިއެވެ.
22 Jun 2024
އޮސްޓްރިއާ އަތުން ބަލިވެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ޕޮލެންޑަށް ގެއްލިއްޖެ
ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔުރޯ 2024 ގެ ގުރޫޕް ޑީގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާ އަތުން ބަލިވެ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ޕޮލެންޑަށް ގެއްލިއްޖެއެވެ.
21 Jun 2024
ސްލޮވާކިއާ ބަލިކޮށް ޔުކްރެއިނުން ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި
ޔޫރޯ 2024 ގެ ގުރޫޕް އީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ނަތީޖައަކުން މޮޅުވެ ޔުކުރެއިން މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފިއެވެ.
21 Jun 2024
ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ އިން ފެށުން ރަނގަޅުކޮށްފި
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ރޭ ފަތިހު 2-0 ގެ ނަތީޖާއަކުން ކެނަޑާ ބަލިކޮށް ޗެންޕިއަން އާޖެންޓީނާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.