އަމަދު ޑިއާލޯ
ކުޅިވަރު
16 Feb 2025 | 15:29
ޑިއާލޯއަށް އަނިޔާވެ ޔުނައިޓެޑަށް އިތުރު މަޔޫސްކަމެއް

ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އައިވަރީކޯސްޓްގެ ހުނަރުވެރި ފޯވާޑް، އަމަދު ޑިއާލޯއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 22 އަހަރުގެ ފޯވާޑުގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ބާކީ ބައިގައި އޭނާއަށް ކުޅުމުގެ ތެރެއަށް އެނބުރިއައުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. 

ރިޕޯޓްތައް ބުނާގޮތުގައި ޑިއާލޯގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ، ޔުނައިޓެޑްގެ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. މިއަދު އިންސްޓަގްރާމްގައި ޑިއާލޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސީޒަނުގެ މުހިންމު ހިސާބެއްގައި ލިބުނު އަނިޔާގެ ސަބަބުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށާއި އުންމީދަކީ ވީ އެންމެ އަވަހަށް ފިޓްވެގެން އެނބުރި ކުޅުމަށް އައުން ކަމަށެވެ.

ޑިއާލޯ އަކީ މި ސީޒަނުގައި ޔުނައިޓެޑްގެ އެޓޭކުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެންމެ ފަހުން، ޔުނައިޓެޑުން ކުޅުނު 14 މެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިޓަލީގެ އެޓަލަންޓާ ދޫކޮށް، 2021 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޑިއާލޯ ވަނީ ދާދި ފަހުން ޔުނައިޓެޑާ އެކު، އޭނާ ހަދާފައިވާ އެއްބަސްވުން 2030 ގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑުން ލީގުގައި މިރޭ ޓޮޓެންހަމް އާއި ދެކޮޅަށް ނުކުންނައިރު، އަނިޔާގެ ސަބަބުން މިމެޗުގައި ޑިއާލޯގެ އިތުރުން މިޑްފީލްޑަރު ކޯބީ މައިނޫ އަށް ވެސް ނުކުޅެވޭނެއެވެ. އަދި މީގެ އިތުރުން އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު މާޓީނޭޒްގެ، ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަންކޮށްފައިވާއިރު، އޭނާއަށް ވެސް ވަނީ ސީޒަން ނިމިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.