15 Jun 2024
ހަންގޭރީ އަތުން ސްވިޒަލޭންޑަށް ފަސޭހަ މޮޅެއް
ޔޫރޯ 2024 ގެ ގްރޫޕް އޭގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ހަންގޭރީ ބަލިކޮށް ސްވިޒަލޭންޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
15 Jun 2024
ފަސޭހަކަމާއެކު ސްކޮޓްލޭންޑް ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑާއި ޖަރުމަނު ވާދަކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
12 Jun 2024
އަޔަލެންޑާއި ދެކޮޅަށް ކާމިޔާބުކުރި ދެލަނޑާއެކު ރޮނާލްޑޯއަށް އިތުރު ތިން ރެކޯޑެއް
ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ރިޕަބްލިކް އޮފް އަޔަލެންޑާއި ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކުރި މެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިތުރު ތިން ރެކޯޑެއް ރޮނާލްޑޯ ހާސިލްކޮށްފިއެވެ.
10 Jun 2024
ކުލަބު ވޯލްޑްކަޕުގައި ރެއާލް މެޑްރިޑް ބައިވެރިނުވާނެކަމަށް ދެކޭވަހަކަތައް އެކުލަބުން ދޮގުކޮށްފި
އަންނަ އަހަރު އެމެރިކާގައި އޮންނަ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރެއާލް މެޑްރިޑުން ކުޅޭނެ ކަމަށާއި އެމުބާރާތުގައި ވާދަނުކުރުމާއި މެދު އެއްވެސް ވަރަށް މަޝްވަރާކޮށްފައި ނުވާނެކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.
04 Jun 2024
ޗެންޕިއަންސް ލީގު ތައްޓާއެކު ރެއާލްގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް
ޔުއެފާ ޗެންޕިއަންސް ލީގުގެ ތަށި 15 ވަނަ ފަހަރަށް ކާމިޔާބުކުރުމުގެ އުފާފާޅުކުރުންތައް މެޑްރިޑުގެ މަގުތަކުގައި ކުރިއަށް ދަނިކޮށް ހޯމަ ދުވަހު ރެއާލް މެޑްރިޑުން ވަނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެ ކުލަބަށް ސޮއި ކުރިކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ.
02 Jun 2024
ވާދަވެރި ކުޅުމަކަށްފަހު ޑޯޓްމަންޑް ބަލިކޮށް ރެއާލް ޗެންޕިއަންކަން ހޯދައިފި
ޔުއެފާ ޗެންޕިއަންސް ލީގު ފައިނަލުގައި ހޮނިިހިރު ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ބޮރޫޝިއަ ޑޯޓްމަންޑް ބަލިކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިިއެވެ.
30 May 2024
އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ފިއޮރެންޓީނާ ބަލިކޮށް އޮލިންޕިއާކޯސް ޗެންޕިއަންކަން ހޯދައިފި
ޔުރޮޕާ ކޮންފަރެންސް ލީގު ފައިނަލުގައި ބުދަ ދުވަހުގެ ރޭ، އެންމެ ފަހުގެ ރަނަރަޕް އިޓަލީގެ ފިއޮރެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ގްރީސްގެ އޮލިންޕިއާކޯސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
28 May 2024
ލީގު ފަހު މެޗުގައި ރޮނާލްޑޯއަށް ޚާއްސަ ދެ ރެކޯޑެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ސައުދި ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑުގެ އިތުރުން ހަތަރު ލީގެއްގައި ޓޮޕް ސްކޯރާ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފު ރޮނާލްޑޯއަށް ލިބިއްޖެއެވެ.