ބޭރު ދުނިޔޭގެ ކުޅިވަރު
14 May 2024
ވާދަވެރި ކުޅުމަކަށްފަހު ސޮސިއެޑާޑް ބަލިކޮށް، ބާސެލޯނާ އަލުން ދެވަނައަށް
ސްޕެނިޝް ލަލީގާގައި ހޯމަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފުއެވެ.
13 May 2024
ރަށުން ބޭރުގައި ޔުނައިޓެޑް އަތުން މޮޅުވެ އާސެނަލް އަލުން އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފި އެވެ.
12 May 2024
އަލް ހިލާލުން ސައުދީ ލީގު ޗެންޕިއަންކަން 19 ވަނަ ފަހަރަށް ހޯދައިފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލުގެ ފުލުގައި އޮތް އަލް ހަޒެމް އަތުން 4-1 ގެ ނަތީޖާއަކުން މޮލުވެ، ބާކީ ތިން މެޗު އޮއްވައި އަލް ހިލާލުން ލީގު ޗެންޕިއަންކަން ކަށަވަރު ކޮށްފިއެވެ.
12 May 2024
ގްރަނާޑާ އަތުން މޮޅުވެ، ލީގުގައި ރެއާލް މެޑްރިޑުން ބަލިނުވެ 29 މެޗު ހަމަކޮށްފި
ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުން ގްރަނާޑާ އަތުން މޮޅުވެ، ޗެންޕިއަން ރެއާލް މެޑްރިޑުން ލީގުގައި މެޗަކުން ބަލިނުވެ 29 މެޗު ހަމަކޮށްފިއެވެ. މިއީ އެކުލަބުން އެއްސީޒަނެއްގައި ލީގު މެޗަކުން ބަލިނުވެ ޖެހިޖެހިގެން 29 މެޗު ހަމަކުރި ފުރަތަމަ ފަހަރެވެ.
12 May 2024
ފޮރެސްޓު އަތުން ފަހުވަގުތު ޗެލްސީ މޮލުކޮށްދިނީ ޖެކްސަން
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު 10 މިނެޓުތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު 3-2 ގެ ނަތީޖާއަކުން މޮޅުވެ، ޗެލްސީ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
11 May 2024
ގްވާޑިއޯލްގެ ދެލަނޑާއެކު އެއްވަނާގައި ސިޓީއަށް ދެޕޮއިންޓްގެ ލީޑެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ އެއްވަނާގައި ދެޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
10 May 2024
ޕްރެމިއާ ލީގުގެ އެޕްރީލް މަހުގެ މޮޅުކުޅުންތެރިއާގެ އެވޯޑް ޕަލްމާއަށް
އިގިރޭސި ޕްރެމީއާ ލީގުގެ އެޕްރީލް މަހުގެ އެންމެ މޮޅުކުޅުންތެރިއާގެ މަގާމު ޗެލްސީގެ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާއަށް ލިބިޖެއެވެ.
09 May 2024
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ވިނީޝިއަސް: ޑި ލިޓް
ބަޔާން މިއުނިކްގެ ނެދަލޭނޑްސް ޑިފެންޑަރު މަތައިސް ޑި ލިޓް ދެކޭގޮތުގައި މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.