ބޭރު ދުނިޔޭގެ ކުޅިވަރު
21 Apr 2024
ވުލްވްސް އަތުން މޮޅުވެ އާސެނަލް އެއްވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެ އާސެނަލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
20 Apr 2024
ވާދަވެރި ކުޅުމަކަށްފަހު ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީ ފައިނަލަށް
އިގިރޭސި އެފްއޭކަޕް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް، އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
20 Apr 2024
މާނޭގެ ދެލަނޑާއެކު އަލް ނަސްރުން ފަރަގު ކުޑަކޮށްފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ފެއިހާ 3-1 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރުން އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު 9 ޕޮއިންޓަށް ކުޑަކޮށްފިއެވެ.
19 Apr 2024
ރަށުން ބޭރުގައި އެޓަލާންޓާ އަތުން މޮޅުވި ނަމަވެސް ލިވަޕޫލު މުބާރާތުން ކަޓައިފި
ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެޓަލާންޓާ އަތުން މޮޅުވި ނަމަވެސް ލިވަޕޫލު މުބާރާތުން ކަޓައިފި އެވެ.
19 Apr 2024
ލެވަކޫސަން އާއި އެއްވަރުވެ، ވެސްޓްހަމް ވެސް ޔޫރޮޕާ ލީގުން ކަޓައިފި
ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާ ލޭވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ވެސްޓްހަމް މުބާރަތުން ކަޓައިފި އެވެ.
18 Apr 2024
އަލް އައިން އަތުން ބަލިވެ، އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް
އޭއެފްސީ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔޫއޭއީގެ އަލް އައިން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ، 34 މެޗަށްފަހު އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.
18 Apr 2024
ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފި
ޔޫއެފާ ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލު ދެވަނަ ލެގުގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވެ، އާސެނަލް މުބާރާތުން ކަޓައިފި އެވެ.
18 Apr 2024
ޕެނަލްޓީގައި ސިޓީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލަށް
ޔުއެފާ ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި، ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ ރެއާލް މެޑްރިޑުން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.