އިންޓަ މިއާމީގެ ކުޅުންތެރިން ސަޕޯޓާސް ޝީލްޑާއެކު އުފާފާޅުކުރުމުގެ ތެރެއިން ފީފާގެ ރައީސް މިއާމީގެ ސަޕޯޓަރުންނާއި މުޚާތަބުކުރަނީ.
ކުޅިވަރު
06 Dec 2024 | 13:25
ކުލަބު ވޯލްޑްކަޕް 2025: ޕަލްމީރިއާސް އާއި އިންޓަ މިއާމީ އެއްގުރޫޕެއްގައި

އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑްކަޕްގެ ގުރުލުން ރޭ ބޭއްވިއިރު، މެސީ ކުޅެމުން އަންނަ އިންޓަ މިއާމީ އާއި ބްރެޒިލްގެ ޕަލްމީރިއާސް އެއްގްރޫޕެއްގައި ލައްވާލައިފިއެވެ.

32 ޓީމު ބައިވެރިކޮށްގެން ބާއްވާ ފުރަތަމަ ކުލަބު ވޯލްޑްކަޕްގައި އިންޓަ މިއާމީ އާއެކު ގުރޫޕް އޭގައި ޕަލްމީރިއާސް އިތުރުން ދެން ހިމެނެނީ ޕޯޗުގަލްގެ އެފްސީ ޕޯޓޯ އަދި މިސްރުގެ އަލް އަހްލީ އެވެ.

ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑާއި އޭޝިއާގެ އެންމެ ކާމިޔާބު އެއްކުލަބު އަލް ހިލާލް އެއްގްރޫޕެއްގައި ލައްވާލިއިރު، މިދެޓިމުގެ އިތުރުން ގުރޫޕް އެޗުގައި ދެން ހިމެނެނީ މެކްސިކޯގެ ޕަޝޫކާ އަދި އޮސްޓްރިއާގެ ސަލްޒްބާރގް އެވެ.

މީގެ އިތުރުން ކުލަބު ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެންޕިއަނަ މެންޗެސްޓާ ސިޓީ ލައްވާލީ އިޓަލީގެ ޔުވެންޓަސް އާއި މޮރޮކޯގެ ކްލަބް ވައިދާދްގެ އިތުރުން އޭއެފްސީ ޗެންޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެންޕިއަން ޔޫއޭއީގެ އަލް އައިން އާއެކު ގުރޫޕް ޖީގައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ކްލަބް ވޯލްޑްކަޕްގެ ޗެންޕިއަން ޗެލްސީ ހިމެނޭ ގްރޫޕް ޑީގައި ހިމެނެނީ ބްރެޒިލްގެ ފްލެމެންގޯއާއި މެކްސިކޯގެ ކްލަބް ލިއޯންއާއި ޓިއުނީޝިއާގެ އެސްޕަރެންސޭ ސްޕޯޓިވް ޑި ޓޫނީސީއެވެ. އަދި ފްރާންސްގެ ޕީއެސްޖީ ހިމެނުނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއިއެކު ގުރޫޕް ބީގައެވެ.

ކްލަބް ވޯލްޑްކަޕް 2025 ގައި ގްރޫޕްތައް ބެހިފައިވާ ގޮތް:

ގްރޫޕް އޭ: ޕަލްމީރިއާސް، އެފްސީ ޕޯޓޯ، އަލް އަހްލީ، އިންޓަރ މިއާމީ

ގްރޫޕް ބީ: ޕީއެސްޖީ، އެތްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ، ސީޓްލް ސައުންޑާރސް

ގްރޫޕް ސީ: ބަޔާން މިޔުނިކް، އޮކްލޭންޑް ސިޓީ، ބޮކަޖޫނިއަސް، ބެންފިކާ

ގްރޫޕް ޑީ: ފްލެމެންގޯ، އެސްޕެރެންސޭ ސްޕޯޓިވް ޑި ޓިޔުނީސީ، ޗެލްސީ، ކްލަބް ލިއޯން

ގްރޫޕް އީ: ރިވަ ޕްލޭޓް، އުރްވާ ރެޑް ޑައިމަންޑްސް، މޮންޓެރޭ، އިންޓަރ މިލާން

ގްރޫޕް އެފް: ފްލެމިނެންސޭ، ބޮރޫޝިއާ ޑޯޓްމަންޑް، އުލްސަން، ޟަމެލޯޑީ ސަންޑައުންސް

ގްރޫޕް ޖީ: މެންޗެސްޓަރ ސިޓީ، ވީދާދް، އަލް އައިން، ޔުވެންޓަސް

ގްރޫޕް އެޗް: ރެއާލް މެޑްރިޑް، އަލް ހިލާލް، ޕަޝޫކާ، ސަލްޒްބާރގް

13 ޖޫން 2025 އިން 13 ޖުލައި 2025 ގެ ނިޔަލަށް އެމެރިކާގައި ބާއްވާ މިމުބާރާތުގައި ޖުމްލަ 32 ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ،ބައިވެރިވި 32 ޓީމު އަށް ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.