ސެންޓިއާގޯ ބާނަބެއު
ކުޅިވަރު
31 Dec 2024 | 12:19
ރެއާލް މެޑްރިޑުން ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގެ ނަން ބަދަލުކުރަން ނިންމައިފި

ސްޕެނިޝް ލަލީގާގެ ޗެންޕިއަން ރެއާލް މެޑްރިޑުން އެކުލަބުގެ ތާރީޚީ ސްޓޭޑިއަމް ސެންޓިއާގޯ ބާނަބެއުގެ ނަން ބަދަލުކުރަން އެ ކްލަބުން ނިންއިފި އެވެ.

ޑިސެމްބަރު 1947 ގައި ހުޅުވި މި ސްޓޭޑިއަމަށް އެންމެ ފުރަތަމަ ކީ ނަމަކީ ރެއާލް މެޑްރިޑް ސްޓޭޑިއަމެވެ. އަދި މިހާރުގެ ނަން ސެންޓިއާގީ ބާނަބެއުގެ ނަމަށް އެ ދަނޑުގެ ނަން ބަދަލު ކުރީ 1955 ގަ އެވެ. މިއީ އެ ކްލަބްގެ ލެޖެންޑް އަދި ރައީސްކަން ވެސް ކުރެއްވި ސެންޓިއާގޯ ބާނަބެއުގެ ޔެސްޓޭގެ ނަމަށް ނިސްބަތްކޮށެވެ. ސެންޓިއާގޯ ބާނަބެއު ވަނީ ކުޅުންތެރިއެއްގެ ގޮތުގައްޔާއި ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

70 އަހަރަށް ފަހު ރެއާލް މެޑްރިޑުން އެކުލަބުގެ ސްޓޭޑިއަމްގެ ނަން ބަދަލު ނިންމީ އަގު ބޮޑު ސްޕޮންސަރަކާ ދިމާލަށް ދިއުމުގެ ގޮތުންނެވެ. އަދި އާ ސްޓޭޑިއަމްގެ ނަމަކީ "ބާނަބެއުގެ ސްޓޭޑިއަމް"ވެ. ސެންޓިއާގޯގެ ބަދަލުގައި ނަމުގެ ކުރިއަށް ދެން އަންނާނީ ސްޕޮންސަރުގެ ބްރޭންޑް ނަމެވެ.

އެ ކްލަބްގެ ރައީސްކަން 30 އަހަރުވަންދެން ކުރެއްވި ބާނަބެއުގެ ރައީސްކަމުގައި ހުޅުވި ސްޓޭޑިއަމް އިމާރާތް ކުރަން ފައިސާ ހޯދީ ކްލަބްގެ މެންބަރުންނާއި ސަޕޯޓަރުންގެ އަތުންނެވެ. ފުޓްބޯޅައިގެ ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބިޒްނަސް މޮޑެލް އަށް ފުޓްބޯޅަ ހިންގުން ބަދަލުކުރުމުގެ ބާނީ އަކީ ސެންޓިއާގޯ ބާނެބުއޭ އެވެ.

މީގެ އިތުރުން ފެބްރުއަރީ 1958 ގައި މެންޗެސްޓާ ޔުނައިޓެޑްގެ ޓީމު ދަތުރު ކުރި މަތިންދާބޯޓް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއަށް ފަހު، ޔުނައިޓެޑް ޓީމު އަލުން ބިނާ ކުރުމަށް ސެންޓިއާގޯ ބާނަބެއުގެ ވަނީ ބޮޑު އެހީތެރިކަމެއް ވެދެއްވާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.