ބޭރު ދުނިޔޭގެ ކުޅިވަރު
02 Mar 2024
ޗެލްސީ އާއި ބްރެންޓްފޯޑްގެ ކުރިމަތިލުން އެއްވަރު
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
02 Mar 2024
އަލް އިއްތިހާދު އަތުން މޮޅުވެ، އަލް ހިލާލަށް 9 ޕޮއިންޓްގެ ލީޑެއް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު އަތުން މޮޅުވެ އަލް ހިލާލުން ލީގު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
01 Mar 2024
އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބިލްބާއޯ އިން ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފި
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ދެވަަނަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް އެތްލެޓިކް ބިލްބާއޯ އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
01 Mar 2024
އަލް ހަޒަމް އާއި އެއްވަރުވެ، ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އަލް ނަސްރުން ނަގާލައިފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ލީގު ތާވަލްގެ ފުލުގައި އޮތް އަލް ހަޒަމް އާއި ދެކޮޅަށް އަލް ނަސްރުން ކުޅުނު މެޗު 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.
29 Feb 2024
ޒުވާން ކުޅުންތެރިންތަކަކާ އެކު ނުކުތް ލިވަޕޫލުން ފަސޭހަކަމާއި އެކު ސައުތުހެމްޓަން ބަލިކޮށްފި
އިގިރޭސި އެފްއޭކަޕްގެ ރައުންޑް އޮފް 16 ގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
29 Feb 2024
ކަސަމީރޯ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ފޮރެސްޓު އަތުން މޮޅުވެ ޔުނައިޓެޑް ކުއާޓާ ފައިނަލަށް
އިގިރޭސި އެފްއޭކަޕްގެ ރައުންޑް އޮފް 16 ގައި ބުދަދުވަހުގެ ރޭ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
29 Feb 2024
ލީޑްސް އަތުން މޮޅުވެ ޗެލްސީ ކުއާޓާ ފައިނަލަށް
އިގިރޭސި އެފްއޭކަޕްގެ ރައުންޑް އޮފް 16 ގައި ބުދަދުވަހުގެ ރޭ 3-2 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް އަތުން މޮޅުވެ ޗެލްސީން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފިއެވެ.
28 Feb 2024
ހާލަންޑްގެ ފަސް ލަނޑާއެކު ލޫޓަން ބަލިކޮށް ޗެމްޕިއަން ސިޓީ ކުއާޓާ ފައިނަލަށް
އިގިރޭސި އެފްއޭ ކަޕުގެ ރައުންޑް އޮފް 16 ގައި އަންގާރަދުވަހުގެ ރަށުން ބޭރުގައި ލޫޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.