ބޭރު ދުނިޔޭގެ ކުޅިވަރު
01 Feb 2024
އަލްވަރޭޒްގެ ދެލަނޑާއެކު ބާންލީ އަތުން މޮޅުވެ ސިޓީ ދެވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ބާންލީ އަތުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
31 Jan 2024
ސައުތު އެފްރިކާ އަތުން ބަލިވެ މޮރޮކޯ މުބާރާތުން ކަޓައިފި
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ އަތުން ބަލިވެ މޮރޮކޯ މުބާރާތުން ކަޓައިފިއެވެ.
31 Jan 2024
ޕެނަލްޓީގައި ސައުދީ ބަލިކޮށް ސައުތު ކޮރެއާ ކުއާޓާ ފައިނަލަށް
31 Jan 2024
ތައިލޭންޑް ބަލިކޮށް އުޒްބެކިސްތާން ކުއާޓާ ފައިނަލަށް
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އަންގާރަދުވަހުގެ ހަވީރު 2-1 ގެ ނަތީޖާއަކުން ތައިލެންޑް ބަލިކޮށް އުޒްބެކިސްތާނުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
30 Jan 2024
ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް ކަޓުވާލުމަށްފަހު އައިވަރީ ކޯސްޓް ކުއާޓާ ފައިނަލަށް
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް ކަޓުވާލުމަށްފަހު އައިވަރީ ކޯސްޓުން މުބާރަތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
30 Jan 2024
ވާދަވެރި ކުޅުމަކަށްފަހު އަލް ހިލާލުން އިންޓަ މިއާމީ ބަލިކޮށްފި
ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ރިޔާޒު ސީޒަން ކަޕްގެ ފުރަތަަމަ މެޗުގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނާގައި މިވަގުތު އޮތް އަލް ހިލާލް އާއި އިންޓަ މިއާމީ ވާދަކުރި މެޗު 4-3 ގެ ނަތީޖާއަކުން އަލް ހިލާލް އިން ކާމިޔާބުކޮށްފި އެވެ.
30 Jan 2024
މޮޅަށް ކުޅުނު ފަލަސްޠީނު އަތުން މޮޅުވެ ޗެންޕިއަން ގަތަރު ކުއާޓާ ފައިނަލަށް
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޯމަދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ފަލަސްތީނު އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން މުބާރަތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
30 Jan 2024
އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު އިރާގު ބަލިކޮށް ޖޯޑަން ކުއާޓާ ފައިނަލަށް
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ހޯމަދުވަހުގެ ހަވީރާ 3-2 ގެ ނަތީޖާއަކުން އިރާގު ބަލިކޮށް ޖޯޑަން އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.