ބޭރު ދުނިޔޭގެ ކުޅިވަރު
24 Jan 2024
ފަސޭހަކަމާއި އެކު މިޑުލްސްބަރާ ބަލިކޮށް ޗެލްސީ ފައިނަލަށް
އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 6-1 ގެ ނަތީޖާއަކުން މިޑުލްސްބަރާ ބަލިކޮށް، 6-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ޗެލްސީ އިން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
22 Jan 2024
ރައްޖޭގެ ކުރީގެ ކޯޗު ޕީޓާ ސެގާޓް އާއެކު, ތަޖިކިސްތާން އޭޝިއަން ކަޕްގެ ދެވަނަ ބުރަށް
މިހާރު ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ތަޖިކިސްތާނާއި ލެބަނަން ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތަޖިކިސްތާނުން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
19 Jan 2024
އައިމަންގެ ދެލަނޑާއެކު ޢިރާގުން ޖަޕާނުގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހަވީރު ޖަޕާނާއި އިރާގު ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިރާގުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
17 Jan 2024
އޭޝިއަން ކަޕް: ފަހަތުން އަރައި އޮމާން ބަލިކޮށް ސައުދީ އިން ފެށުން ރަނގަޅުކޮށްފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި އަންގާރަދުވަހުގެ ރޭ އޮމާނުން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ސައުދީ އަރަބިއްޔާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
17 Jan 2024
އޭޝިއަން ކަޕް: ކިރްގިސްތާން އަތުން މޮޅުވެ ތައިލެންޑުން މުބާރަތް ފެށީ މޮޅަކާއެކު
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެފްގައި އަންގާރަދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން ކިރްގިސްތާން އަތުން މޮޅުވެ ތައިލެންޑުން މުބާރަތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
16 Jan 2024
ހާލަންޑް އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ދަ ބެސްޓު އެވޯޑް ލިބުނީ މެސީއަށް
ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ ފީފާއިން ހޮވި 2023 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ހޯދައިފިއެވެ.
16 Jan 2024
އެފްރިކަން ކަޕް އޮފް ނޭޝަންސް: ކަމާރާގެ ދެލަނޑާއެކު ގެންބިއާ އަތުން ސެނަގާލް މޮޅުވެއްޖެ
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން ސެނަގާލް އާއި ގެންބިއާ ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ސެނަގާލް ކާމިޔާބުކޮށްފިއެވެ.
16 Jan 2024
އޭޝިއަން ކަޕް: ބަހްރެއިން އަތުން މޮޅުވެ، ސައުތު ކޮރެއާ އިން ފެށުން ރަނގަޅުކޮށްފި
ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ހޯމަދުވަހުގެ ހަވީރު ސައުތު ކޮރެއާ އާއި ބަހްރެއިން ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ އިން ކާމިޔާބުކޮށްފި އެވެ.