ބޭރު ދުނިޔޭގެ ކުޅިވަރު
25 Nov 2023
އަލް އަޚްދޫދް އަތުން މޮޅުވެ، އަލް ނަސްރު އިން ފަރަގު ކުޑަކޮށްފި
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އަލް އަޚްދޫދް އަތުން މޮޅުވެ އަލް ނަސްރު އިން އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.
24 Nov 2023
ފަސޭހަކަމާއި އެކު ބްރެޒިލް ބަލިކޮށް އާޖެންޓީނާ ސެމީއަށް
އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އާޖެންޓީނާ އިން ކަށަވަރުކޮށްފިއެވެ.
24 Nov 2023
17 އަހަރުން ދަށުގެ ވޯލްޑްކަޕް، ސެމީގެ ފުރަތަމަ ޖާގަ ޖަރުމަނުން ހޯދައިފި
އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔޫރަޕުގެ 17 އަހަރުން ދަށުގެ ޗެމްޕިއަން ޖަރުމަނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
22 Nov 2023
ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެ
ވޯލްޑްކަޕް ކޮލިފައިންގ ސައުތު އެމެރިކާ ސަރަހައްދުގައި ރޭ ފަތިހު އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިވެއްޖެ އެވެ.
20 Nov 2023
ޕޯޗުގަލް އިން ޔޫރޯ ކޮލިފައިންގެ މެޗުތައް ނިންމާލީ ރެކޯޑަކާ އެކު
ޔޫރޯ ކޮލިފައިން ގްރޫޕް ޖޭގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އައިސްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަތުން ކަމިޔާބުކޮށް ޕޯޗުގަލް އިން ޔޫރޯ24 ކޮލިފައިންގެ މެޗުތައް ނިންމާލީ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކުގައެވެ. އަދި މިއީ ޔޫރޯ ކޮލިފައިންގައި އެޓީމުން ހުރީހާ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
20 Nov 2023
އިންޑިއާ ބަލިކޮށް އޮސްޓްރޭލިޔާ އިން 6 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
މިހާރު އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕް ފައިނަލުގައި އާދީއްތަ ދުވަހު، 6 ވިކެޓުން އިންޑިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އޮސްޓްރޭލިޔާ އިން ހޯދައިފިއެވެ.
19 Nov 2023
ފަހަތުން އަރައި ޖަރުމަނު އަތުން ތުރުކީ މޮޅުވެއްޖެ
ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ތުރުކީ އަތުން ޖަރުމަނު ބަލިވެއްޖެ އެވެ.
19 Nov 2023
އަލް އިއްތިހާދުގެ ކޯޗުކަމުގެ މަގާމާއި މާސެލޯ ގަލާޑޯ ހަވާލުވެއްޖެ
ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުގެ ކޯޗަކަށް ރިވަޕްލޭޓްގެ ކުރީގެ ކޯޗު މާސެލޯ ގަލާޑޯ ހަމަޖައްސައިފި އެވެ.