ބޭރު ދުނިޔޭގެ ކުޅިވަރު
16 Dec 2023
އެފްރިކާގެ ޗެމްޕިއަން އަލް އަހުލީ އަތުން ބަލިވެ، އަލް އިއްތިހާދު ކުލަބް ވޯލްޑްކަޕުން ކަޓައިފި
ވޯލްޑްކަޕް ފުޓްބޯޅަ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ހުކުރުދުވަހުގެ ރޭ 3-1 ގެ ނަތީޖާއަކުން އެފްރިކާގެ ޗެންޕިއަން މިސްރުގެ އަލް އަހުލީ އަތުން ބަލިވެ، ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދު މުބާރާތުން ކަޓައިފިއެވެ.
14 Dec 2023
ކުޅުނު 6 މެޗުން ވެސް މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިޓީ ދެވަނަ ބުރަށް
ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ޖީގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ސާބިއާގެ ކްރްވެނާ ޒެވޭޒްޑާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
14 Dec 2023
ޕީއެސްޖީ ފަހަތަށް ޖައްސާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޑޯޓްމަންޑް އަށް
ޔުއެފާ ޗެމްޕިއަންސްލީގު ގުރޫޕް އެފްގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޮރޫޝިއާ ޑޯޓްމަންޑް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
13 Dec 2023
ރަށުން ބޭރުގައި ޔޫނިއަން ބާލިން އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް ސީގައި ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ޖަރުމަނުގެ ޔޫނިއަން ބާލިން އަތުން މޮޅުވެ ގުރޫޕް ސްޓޭޖުގެ މެޗުތައް ރެއާލުން ނިންމާލީ ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކުގައެވެ.
13 Dec 2023
އާސެނަލް އާއި އެއްވަރުވެ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕީއެސްވީ ދެވަނަ ބުރަށް
ޔުއެފާ ޗެމްޕިއަންސްލީގު ގުރޫޕް ބީގައި އަންގާރަދުވަހުގެ އަމިއްލަ ދަނޑުގައި އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޕީއެސްވީ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
13 Dec 2023
ފަސޭހަކަމާއި އެކު އޯކްލޭންޑް ސިޓީ ބަލިކޮށް އަލް އިއްތިހާދު ކުއާޓާ ފައިނަލަށް
ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ސައުދީ ޗެންޕިއަން އަލް އިއްތިހާދުން ޖާގަ ހޯދައިފި އެވެ.
13 Dec 2023
ގަލަތަސަރާއީ ބަލިކޮށް ގުރޫޕްގެ ދެވަނަ ހޯދީ ކޯޕަންހޭގަން
ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.
12 Dec 2023
އަމިއްލަ ދަނޑުގައި ތާވޮން ބަލިކޮށް، އަލް ހިލާލް ސެމީއަށް
ސައުދީ ކިންގް ކަޕް ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް ތާވޮން އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން މޮޅުވެ އަލް ހިލާލް އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.