އަލް އަހްލީ އާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
16 Dec 2023 | 04:16
އެފްރިކާގެ ޗެމްޕިއަން އަލް އަހުލީ އަތުން ބަލިވެ، އަލް އިއްތިހާދު ކުލަބް ވޯލްޑްކަޕުން ކަޓައިފި

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ހުކުރުދުވަހުގެ ރޭ 3-1 ގެ ނަތީޖާއަކުން އެފްރިކާގެ ޗެންޕިއަން މިސްރުގެ އަލް އަހުލީ އަތުން ބަލިވެ، ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދު މުބާރާތުން ކަޓައިފިއެވެ.

ސައުދީގައި މިހާރު ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލުން އަލް އިއްތިހާދު ޖާގަ ހޯދީ ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން އޯޝަނިއޭގެ ޗެންޕިއަން އޮސްޓްރޭލިޔާގެ އޯކްލޭންޑް ސިޓީ ބަލިކުރުމަށްފަހު އެވެ. އަދި މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެޓީމަށް ލިބުނީ މުބާރާތް ބާއްވާ ގައުމުގެ ލީގު ޗެންޕިއަނުންގެ ހައިސިއްޔަތުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް އަހްލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޓިއުނީޝިޔާގެ ޑިފެންޑަރު ޢަލީ މާލޫލް އެވެ.

މިހާފުގައި އަލް އިއްތިހާދުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އަށެވެ. ފުރަތަަމަ ހާފު 45 ވަނަ މިނެޓުގައި އަލް އަހުލީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އަލް އިއްތިހާދަށް ޕެނަލްޓީއެއް ދީފައެވެ.

ނަމަވެސް އެޓީމުގެ ކެޕްޓަން ބެންޒީމާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް އަހްލީގެ ކީއްޕަރު މުހައްމަދު އެލް ޝެނަވީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އަހުލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އަލް އަހްލީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޙުސައިން އެލް ޝަހަތު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އީމާމް އަޝޫރު އެވެ.

މިމެޗުގެ 90 ވަނަ މިނެޓުގައި އަލް އަހްލީގެ ފްރާންސް ފޯވާޑްއެންތަނީ މޮޑެސްޓޭ ކުރި ކުށަކާއި ގުޅިގެން މެޗުގެ ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މޮޑެސްޓޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައެވެ.

މިމެޗުގައި އަލް އިއްތިހާދުން ކަމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒީމާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އަލް އަހްލީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:00 ގައި އަލް އަހްލީ އިން ނުކުންނާނީ ބްރެޒިލްގެ ފްލުމިނެންސޭ އާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 19 ވަނަ ދުވަހުގެ ރޭ 23:00 ގައި ޔޫރަޕުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ނުކުންނާނީ އޭޝިއާގެ ޗެންޕިއަން ޖަޕާނުގެ އުރަވާ ރެޑްސް އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.